English Edition
Dhivehi Edition
މަޖިލީހުގެ ޖަލްސާއަށް ރައީސް ސާލިހާއި މަޖިލިސް ރައީސް ވަޑައިގަންނަވަނީ - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބާއްވާ ޖަލްސާ މިއަދު ހެނދުނު 9 ޖެހިއިރު، ފެށުމަށްފަހު މެދުކަނޑާލައިފި އެވެ.

މި ޖަލްސާ މެދުކަނޑާލާފައިވަނީ ރިޔާސީ ބަޔާން ފެށުމަށް ފުރުސަތު ނުދިނުމުން އިދިކޮޅު ކޯލިޝަންގެ މެމްބަރުން މަޖިލިސްތެރޭގައި އަޑުގަދަކޮށް، އިހުތިޖާޖު ކުރަން ފެށުމުން ނެވެ.

އެހެންކަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ނަމާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދުގެ ނަން ވެސް ވަނީ އިއްވާފަ އެވެ.

ރިޔާސީ ބަޔާން އިއްވަވައިދެއްވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދެންނެވުމާއެކު ޝިޔާމް ވަނީ ރިޔާސަތުގެ މޭޒު ކައިރިއަށް ވަޑައިގަންނަވާ އަޑުގަދަކުރައްވަން ފައްޓަވާފަ އެވެ.

އިދިކޮޅު މެމްބަރުން އަންނަނީ ކަށިގަނޑު ފުމެ، ރައީސް ސޯލިހަށް ރިޔާސީ ބަޔާން އިއްވުމަށް ފުރުސަތު ނުދީ ތަޅުމުގައި އަޑުގަދަކުރައްވަމުން ނެވެ.

ފޮޓޯ: ޕީޕީއެމް

ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ބުނީ އެ ކޯލިޝަންގެ މެމްބަރުން، މަޖީދިއްޔާ ސްކޫލު ސަރަހައްދުގައި އިހުތިޖާޖު ކުރަމުންދާ ކަމަށާއި މި އިހުތިޖާޖުގައި މިހާތަނަށް 8 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.