English Edition
Dhivehi Edition
ފޮޓޯ: ރާއްޖެއެމްވީ

އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް ފުވައްމުލަކު ސިޓީގައި ފަށައިފި އެވެ.

މި މަހުގެ 4 ވީ ހޮނިހިރު ދުވަހު ފެށި އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް ގައި 800 އަށްވުރެ ގިނަ އެތުލީޓުން ވަނީ ބައިވެރިވެފަ އެވެ.

މި މުބާރާތް ފެށުމަށް ފުވައްމުލަކު ސިޓީގައި ވަނީ ކުލަގަދަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.

މިއަދު ހެނދުނުން ފެށިގެން އިވެންޓު ކުރިއަށްދާއިރު، މުބާރާތުގައި 33 ސްކޫލަކުން 809 އެތުލީޓުން ވާދަކުރެއެވެ.

މުޅި މުބާރާތުގައި 108 އިވެންޓު ހިމެނޭއިރު، އޭގެތެރޭގައި ރާއްޖޭގެ އުތުރާއި ދެކުނުގެ ރަށްތަކުގެ ސްކޫލްތައް ހިމެނެ އެވެ.

މުބާރާތުގައި ވާދަކުރާ އެތުލީޓުން ބަހާލާފައިވަނީ 13 އަހަރުން ދަށް, 15 އަހަރުން ދަށް, 17 އަހަރުން ދަށް, އަދި 19 އަހަރުން ދަށުގެ އުމުރުފުރާތަކަށެވެ.

މި މުބާރާތް ނިމޭނީ މިމަހުގެ 10 ވަނަ ދުވަހު އެވެ.