English Edition
Dhivehi Edition
ފޮޓޯ/ ފޮރިން މިނިސްޓްރީ

ރޯމޭނިއާ އިން ރާއްޖެއަށް ކަނޑައަޅާ އޮނަރަރީ ކޮންސުލް ކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މުހައްމަދު އައްޔަން ކުރައްވައިފިއެވެ.

ރޯމޭނިއާއިން ކަނޑައަޅާ އޮނަރަރީ ކޮންސުލްގެ މަގާމަށް ސިޔާމް އައްޔަން ކުރެއްވި ކަމުގެ ރަސްމީ ލިޔުން ޝިޔާމަށް އަރުވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.

މަގާމު ދިވެހި ސަރުކާރުން ގަބޫލުކުރި ކަމުގެ ލިޔުން ޝިޔާމާ ހަވާލުކޮށްފައިވަނީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ. ޝިޔާމް އެ މަގާމަށް އައްޔަންކުރެއްވިކަން ހާމަކުރައްވަމުން މިނިސްޓަރު ޝާހިދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޝިޔާމް އެ މަގާމަށް އައްޔަން ކުރުމާއެކު، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަަމަށް ޔަގީންކުރައްވާ ކަމަށެވެ.

އޮނަރަރީ ކޮންސުލްގެ މަގާމަކީ ގައުމުތަކުން އެހެން ގައުމުތަކަށް ކަނޑައަޅާ ރަމްޒީ މަގާމެކެވެ.