English Edition
Dhivehi Edition

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމް.ޑީ.ޕީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބޭއްވި ރިިޔާސީ ޕްރައިމަރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބޮޑު ތަފާތަކުން ކާމިޔާބުކުރައްވާ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ޓިކެޓް ކަށަވަރުކުރައްވައިފިއެވެ.

ސެޕްޓެމްބަރ މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވެރިކަން ކުރާ އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި އިންތިހާބަކީ މިހާތަނަށް އެމްޑީޕީން ބޭއްވި އެންމެ ވާދަވެރި އިންތިހާބެވެ. މިއަދު ހެނދުނު ވޯޓް ލާން ފެށުމާއިއެކު ބައެއް ވޯޓް ފޮށިތައް ކައިރީގައި އައީ ހަމަނުޖެހުންތައް ހިނގަމުންނެވެ. ހަމަނުޖެހުންތަކާއި ގުޅިގެން މިހާތަނަށް ވަނީ ތިން މީހަކު ހައްޔަރު ވެސް ކޮށްފައެވެ.

އެމް.ޑީ.ޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބުގެ ތެރެއިން މިހާތަނަށް ގުނުނު 163 ވޯޓު ފޮށީގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެޕާޓީގެ ރިޔާސީ ޓިކެޓް ކަށަވަރުކުރައްވާފައިވަނީ %62 ވޯޓާއެކުއެވެ. މި އިންތިޚާބުގައި އެމަނިކުފާނާއި ވާދަކުރެއްވި، އެމް.ޑީ.ޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ލިބިވަޑައިގެންފައިވަނީ %38 ވޯޓެވެ.

މިއީ ދައުލަތުގެ ދެ ބާރެއްގެ ވެރިޔަކު ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކުރެއްވި ފުރަތަމަ ފަހަރެވެ. އަދި މިއީ އެޕާޓީގެ ތާރީޚުގައިވެސް ބޭއްވުނު އެންމެ ވާދަވެރި އަދި އެންމެ ފޯރިގަދަ ރިޔާސީ ޕްރައިމަރީއެ