English Edition
Dhivehi Edition
ފޮޓޯ:އެމްއެންޑީއެފް

މުދާ ހިފައިންގެން އައްޑޫ ސިޓީއަށް ދަތުރުކުރަމުން ދިޔަ ސަޕްލައި ދޯންޏެއް ފަރަށް އަރައިފިއެވެ.

ލ. ހުޅިމެންދޫ އުތުރު ފަރާތު ފަރަށް އަރާފައިވަނީ މާލެއިން އައްޑޫ އަތޮޅު ހެރެތެރެ ރިސޯޓަށް ދަތުރުކުރަމުންދިޔަ “ބޮނިތޯ ކެރިއާ” ނަމަކަށް ކިޔާ ދޯންޏެކެވެ.

އެމްއެންޑީއެފް އިން ބުނީ މުދާ ހިފައިންގެން ދަތުރުކުރަމުން ދިޔަ ސަޕްލައި ދޯންޏެއް ލ. ހުޅިމެންދޫ އުތުރު ފަރާތު ފަރަށް އަރައިގެން އެ ހާދިސާގެ ރިޕޯޓް ލިބުނީ ރޭ ދަންވަރު 2:07 ހާއިރުކަމަށެވެ. އަދި އެ ދޯންޏަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ. އިތުރަށް އެމްއެންޑީއެފް އިން ބުނީ 6 ފަޅުވެރިންނާއި އެކު ދަތުރުކުރަމުންދިޔަ މި ދޯންޏަކީ 85 ފޫޓުގެ ދޯންޏެއްކަމަށެވެ.

މި ހާދިސާގައި އެ ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.