English Edition
Dhivehi Edition
ފޮޓޯ:އެމްއެންޑީއެފް

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ މުވައްޒަފުންނަށް ބޭސިކް ފަޔަރ އެވެއަރނެސް ސެޝަނެއް ބާއްވައިފިއެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަނުން ހިތަދޫގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ މުވައްޒަފުންނަށް ބޭސިކް ފަޔަރ އެވެއަރނެސް ކުލާހެއް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.
ސ.ހިތަދޫ ފަޔަރ ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ކުލާހުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގެ 6 މުވައްޒަފަކު ވަނީ ބައިވެރިވެފައެވެ.

މި ކުލާހުގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާނުގެ ބައިތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތު ވަނީ ދީފައެވެ.އަދި އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓު ބޭނުން ކުރާނެ ގޮތް ފަދަ މުހިންމު މަޢުލޫމާތުތައް ކިޔައިދީފައިވެއެވެ. މީގެ އިތުރުން މި ސެޝަނުގައި، ބައިވެރިންނަށް ވަނީ އަމަލީ ގޮތުން އަލިފާން ނިއްވާނެގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް ކިޔައިދީފައެވެ.

މި ކުލާހުގައި ކިޔަވައިދިނީ، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަނުގެ ސިފައިންނެވެ.