English Edition
Dhivehi Edition

އިއްޔެ ފުލުހުން މާލޭގައި ބޮޑު އޮޕަރޭޝަނެއްގައި 11.4 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މި އޮޕަރޭޝަނާއި ގުޅޭ ގޮތުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އިއްޔެ މާލޭގެ ހަތަރު ތަނަކާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ޖުމްލަ 11.4 ކިލޯގެ މަސްތުވާތަކެތި އަތުލައިގަންފައިވާކަމަށެވެ. އަދި މި މައްސަލައިގައި ހަތަރު މީހަކު ހައްޔަރު ކޮށްފައިވާއިރު އަތުލައިގަތީ ކެނަބިސް ކަމަށްވެސް ޕޮލިސް ކޮމިޝަނަރު ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ އާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.