English Edition
Dhivehi Edition

ސައުދި އަރަބީއްޔާ ކުރީގެ ވަލީ އަޙްދު ޕްރިންސް މުހައްމަދު ބިން ނާޔިފް ގެ އެކައުންޓުތައް ފްރީޒް ކޮއްފިއެވެ.

ޕްރިންސް ނާޔިފް އަކީ ސައުދީގެ ކުރީގެ ވަލީ އަޙްދެވެ. ނަމަވެސް އެނާ ވަނީ ވަލީ އަޙްދު ކަމުން މިދިޔަ ޖޫން މަހު ދުރުކޮށް، ޕްރިންސް މުހައްމަދު ބިން ސަލްމާނަށް ވަލީ އަޙްދު ކަން ދީފައެވެ.

ޕްރިންސް ނާޔިފް ގެ އެކައުންޓުތައް ފްރީޒް ކުރެވުނީ މިހާރު ސައުދީ ވަލީ އަޙްދު ޕްރިންސް މުހައްމަދު ބިން ސަލްމާން އިސްވެ ހުންނަވާ ކުރިއަށްގެންދަވާ ކޮރަޕްޝަން ނައްތާލުމުގެ މަސައްކަތުގެ ދަށުންނެވެ. މިއީ ސައުދީ ރަސްގެފާނު އިސްނެންގެވުމަކަށް ހުންނަވާ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ކޮމެޓީއެއް އުފައްދާ ވަލީ އަޙްދުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދަވާ ދަނީ ތަހުގީގު ކުރައްވަމުންނެވެ.

މި ތަހުގީގު ތެރެއިން ވަނީ ޝާހީ އައިލާގެ 11 ބޭފުޅަކާ ކުރީގެ މިނިސްޓަރުންތަކެއް ވެސް ހައްޔަރު ކުރެވިފައެވެ.

ސައުދީގައި މިވަގުތު ކޮރަޕްޝަނާ ދެކޮޅަށް ކުރަމުންދާ މަސައްކަތަށް ވަނީ ފާޑު ކިއުންތަކެއްވެސް އަމާޒު ވެފައެވެ. އެއީ މި މައްސަލަ ތަކުގައި ހައްޔަރު ކޮއްފައި ވަނީ ޝާހީ އައިލާ އަށް ނިސްބަތްވާ ބޭފުޅުން ކަމުން ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މިއީ ޕްރިންސް މުހައްމަދު ބިން ސަލްމާން ވެރިކަމަށް އަތް ގަދަ ކުރަން ކުރާ ކަންތަކެއް ކަމުގައި ބައެއް މީހުން ތުހުމަތު ކުރެއެވެ.

ސައުދީގައި މިހާތަނަށް ރިޕޯޓުތަށް ދައްކާ ގޮތުން 1700 މީހުންގެ އެކައުންޓު ތަށް ވަނީ މި މަސައްކަތުގެ ދަށުން ފްރީޒް ކޮއްފައެވެ.

އިންސާނީ ހައްގު ތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ވަނީ މި ގޮތަށް ގިނަ ބަޔަކު ހައްޔަރު ކޮށް ހިންގާ ތަހުގީގެއްގައި އިންސާނީ ހައްގުތަކަށް ގެއްލިދާނެ ކަމުގެ ބިރު އޮތް ކަން ފާހަގަ ކޮށް އެކަމާ ކަންބޮޑުވުން ފާޅު ކޮއްފައެވެ.