English Edition
Dhivehi Edition

ޝަރުއީ ދާއިރާ ނުފޫޒުފޯރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ޑިމޮކްރަސީތަކުން ކޯޓުތަކުގެ ބޭނުން ކޮއްގެން އިދިކޮޅު ފަރާތްތައް ނައްތައެއް ނުލާނެ ކަމަށް ކުރީގެ ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ޑރ.މުޙައްމަދު ވަޙީދު ޓުވީޓް ކުރައްވައި މިހެން ވިދާޅުވެފައިމިވަނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ޙުކުމާއި ގުޅިގެންނެވެ. އެ ހުކުމަކީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޔާމީންގެ މައްޗަށް ކްރިސްމަސް ދުވަހުގެ ހުކުމެއް ކަމަށް ސިފަކުރައްވައި ޑރ.މުހައްމަދު ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޝަރުއީ ދާއިރާ އޮޅުވާލުމަކީ ގަބޫލުނުކުރައްވާނެ ހުކުމެއް ކަމަށާއި ޑިމޮކްރަސީތަކުން ކޯޓު ބޭނުންކޮށްގެން އިދިކޮޅު ފަރާތްތައް ނައްތައިނުލާ ކަމަށެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވެފައިވަނީ މިއީ ކުރީގެ ޑިކްޓޭޓަރުންގެ އުކުޅުތަކާއި އެއްގޮތް ކަހަލަ ސިފަތަކެއްގެ ގޮތުގައިއެވެ.

ޑރ. ވަހީދު މިހެން ވިދާޅުވެ ޓުވީޓް ކުރަށްވާފައިވާއިރު އިދިކޮޅު އެތަށް ފަރާތް ތަކެއްދަނީ ރައީސް ޔާމީންގެ ހުކުމަކީ އިންޑީޔާގެ އޯޑަރަށް ކުރެއްވި ހުކުމެއް ކަމަށް ތުހުމަތު ކުރަށްވާފައެވެ. މިކަމާއި ގުޅިގެން އިދިކޮޅުން ދަނީ މާލޭގެ މަގުތަކުގައި މުޒާހާރާ ކުރަމުންނެވެ.