English Edition
Dhivehi Edition

އެންމެ ފަހުން ގަތަރުގައި ބޭއްވުނު ފީފާ ވޯލްޑް ކަޕް ތަށި އާޖެންތީނާއާއި އެކު އުފުލާލި ކެޕްޓަން ލިއޮނެލް މެސީގެ ފޯޓޯ އާޖެންޓީނާގެ 1000 އަދަދުގެ ފައިސާ ނޫޓުގައި ހިމަނަން ވިސްނަމުން އަންނަ ކަމަށް އެގައުމުގެ ސެންޓްރަލް ބޭންކުން ބުނެފި އެވެ.

އާޖެންޓީނާގެ މަރުކަޒީ ބެންކުގެ ބައެއް އޮފިޝަލުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި, މެސީގެ މޫނު ކޮޅު ހިމެނޭ ގޮތަށް އޭނާގެ ފޮޓޯ ޖެހި އާޖެންޓީން ޕޭސޯގެ ނޫޓެއް ނެރުމަށް ލިބިފައިވާ ޕްރޮޕޯސަލްއެއް އެ ބޭންކުން ދަނީ ވަރަށް ސީރިއަސްކޮށް ދިރާސާ ކުރަމުންނެވެ. އަދި އެކަމާ ގުޅޭ ގޮތުން މަޝްވަރާތަކެއް ވެސް ކުރިއަށްދާ ކަމަށް މީޑިއާތަކުން ބުންޏެވެ.

އާޖެންޓީނާގެ ޕެސޯ ނޫޓް 1000 ގައި މެސީގެ މޫނު ކޮޅު ހިމެނޭ ފޮޓޯ ޖަހަން މަޝްވަރާތައް ކުރަމުން އަންނައިރު، އެ ނޫޓުގެ އަނެއް ފަރާތުގައި މެސީ ވޯލްޑް ކަޕް ތަށި އުފުލާލި ފޮޓޯ ޖެހުމަށްވެސް ދަނީ މަޝްވަރާތައް ކުރަމުންނެވެ. މެސީގެ ފޮޓޯ ޖަހަން 1000 ނޫޓް ޚިޔާރުކުރީ އެއީ އެ އަދަދަކީ މެސީގެ ޖާޒީ ނަމްބަރާއި އެންމެ ގާތް ކުރާ އަދަދުކަމަށް ވުމުން ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

އަދި އެ ނޫޓުގައި އާޖެންޓީނާއަށް ތަށި ހޯދައިދިން ކޯޗު, ލިއޮނެލް ސްކޮލާނީގެ ނަން ރަމްޒުކޮށްދޭން “ލަ ސްކަލޮނެޓާ” ލިޔަން ވެސް ދަނީ ވިސްނަމުންނެވެ.

މީޑިއާ ރިޕޯޓުތަކުގައި އެވާހަތައް ދެކެވުނު ނަމަވެސް އާޖެންތީނާގެ މަރުކަޒީ ބޭންކުން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އާޖެންޓީނާއިން ވަނީ އެ ގައުމުން 1978 ވަނަ އަހަރު ވޯލްޑް ކަޕްގެ ތަށި އުފުލާލުމާ ގުޅިގެންވެސް ހަނދާނީ ފައިސާ ފޮއްޗެއް ނެރެފަ އެވެ.