English Edition
Dhivehi Edition
ފޮޓޯ: ޔޫތު މިނިސްޓްރީ
ބޭސިކް ހޭންޑްބޯލް ކޯޗިންގ ކޯސް ނިންމާލައިފިއެވެ.
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ދަށުން ހިންގާ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ހޭންޑްބޯލް މޯލްޑިވްސް ގުޅިގެން ބޭއްވި މި ކޯހަކީ ކުޅިވަރުގެ ދާއިރާއިން ޒުވާނުން ކުރިއެރުވުމަށް ޔޫތު މިނިސްޓްރީން ކުރާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ ކޯހެކެވެ. މި ކޯހުގެ މަޤްސަދަކީ ހޭންޑްބޯލް ކުރިއެރުވުމަށް ކޯޗުން އުފައްދައ،ި މަދަރުސީ ދައުރުން ފެށިގެން މިކުޅިވަރަށް ކުދިން އަހުލުވެރި ކުރުވާނެ ކޯޗުން ތަމްރީން ކުރުމެވެ.
މި ޑިސެމްބަރ މަހުގެ 4 އިން 12 ގެ ނިޔަލަށް މާލޭ ސިޓީގައި ކުރިއަށް ގެންދިޔަ މި ކޯސް ކުރިޔަށްގެންދިޔައީ 19 އަންހެން ބައިވެރިންނާއި، 15 ފިރިހެން ބައިވެރިންނާއެކު ޖުމްލަ 34 ބައިވެރިންނާއެކުއެވެ. މި ކޯހުން ފާސްވެ ސެޓްފިކެޓް ހާޞިލްކޮށްފައިވަނީ 33 ބައިވެރިންނެވެ.
މި ކޯހުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ޕ.ީއީ ޓީޗަރުންނާއ،ި ސްކޫލް ޕީޓީއޭ އަދި ހޭންޑްބޯލްގައި ހަރަކާތްތެރިވާ ކުދިންނަށް ވަނީ އިސްކަންދީފައެވެ. 9 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މިކޯހުގައި ހޭންޑްބޯލްގެ ކޯޗެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކަންކަމަށް ބައިވެރިން ތަމްރީން ކުރެވިގެން ދިޔައެވެ. އަދި މި ކުޅިވަރުގެ އަސާސީ ކަންކަމަށާއި އަޚްލާގް ދެމެހެއްޓުމަށް ތަމްރީންތައް ވަނީ ދީފައެވެ،
މިކޯހުގެ އިންސްޓްރަކްޓަރެއްގެ ގޮތުގައި ކިޔަވައި ދެއްވީ އިބްރާހިމް ހައިޝަމް އަބްދު ﷲ އާއި ނަޝްފާ އާމިރާއެވެ.