English Edition
Dhivehi Edition
ރަންބީރު ކަޕޫރު ބައިސްކަލެއްގައި

އިލެކްޓްރޯނިކް ބައިސްކަލެއްގައި ބޮލީވުޑްގެ މަޝްހޫރު ތަރި ރަންބީރު ކަޕޫރު މަގުމައްޗަށް ނުކުމެއްޖެއެވެ.

މިދުވަސްވަރު ހަބަރުތަކުގެ ސުރުޚީތަކުގެ ތަކުގައި ރަންބީރު ކަޕޫރުގެ ޒާތީ ދިރިއުޅުމާއި ޕްރޮފެޝަނަލް ލައިފްގެ ވާހަކަވެސް އަންނަނީ ފެތުރެމުންނެވެ. މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން އާލިއާ ބަޓް އާއި ކައިވެނިކޮށްގެން އުޅޭ ރަންބީރު ބައްޕައަކަށްވީ މި މަހުގެ ކުރީކޮޅުގަ އެވެ. ދެމަފިރިންނަށް ތުއްތު އަންހެން ކުއްޖަކު ލިބިފައިވާއިރު، އޭގެ ފަހުން އެދެމީހުން ތިބީ ވަރަށް އުފަލުން ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ޝައުގުވެރި ކަމަކީ ރަންބީރު އޭނާގެ ތުއްތު އަންހެން ކުއްޖާ އައުމަށްފަހު ޕެޓަނިޓީ ލީވް ނަގާނެ ކަމަށް ގިނަ ބަޔަކަށް ހީކުރެވުނު ނަމަވެސް އަންހެން ދަރިފުޅު އުފަންވިތާ މާގިނަ ދުވަހެއް ނުވެ ރަންބީރު އަލުން ވަނީ މަސައްކަތް ފަށާފައެވެ. ދާދި ފަހުން ރަންބީރާއި އާލިއާ ވެސް ސޯޝަލް މީޑިއާގައި ވިދާ ބަބުޅާލީ, އެމީހުންގެ ޕްރިންސެސްގެ ނަމަކީ ރާހާ ކަޕޫރު ކަމަށް އިއުލާން ކުރުމުންނެވެ. އޭގެ މާނައަކީ މިނިވަންކަމާއި ނިޢުމަތާއި ސުލްހަ އެވެ.

މި ހަބަރައް ފަހު އަނެއްކާވެސް، މިހާރު ރަންބީރު މިވަނީ ސުރުޚީތަކުން ޖާގަ ހޯދާފައެވެ. ރަންބީރު މިއަދު ވަނީ ޕާލީ ހިލްގައި ހުންނަ އޭނާ އަޅަމުންދާ ގެއަށް ޒިޔާރަތްކޮށްފައެވެ. އޭނާ ފެނިފައިވަނީ “ސްވަންކީ އިލެކްޓްރޯނިކް” ބައިސްކަލެއްގައެވެ. ރިޕޯޓްތައް ބުނާގޮތުން މި އުބާ ކޫލް އިލެކްޓްރިކް ބައިސްކަލުގެ އަގަކީ 1.45 ލައްކަ ރުޕީޒް (2.23 މިލިއަން ރުފިޔާ) އެވެ.

ރަންބީރު މިހާރު ދަނީ ސަންދީޕް ރެޑީ ވަންގާގެ ކުރިއަށް އޮތް ފިލްމު އެނިމަލްގެ މަސައްކަތް ކުރަމުންނެވެ. ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އޭނާ ބުނީ “މިއީ ފުދޭވަރަކަށް ޝޮކިން ކެރެކްޓަރެއް” ކަމަށެވެ. ރަންބީރު ބުނަނީ އެއީ އޭނާގެ “ކޮމްފޯޓް ޒޯނުން” ބޭރުގައި ހުރި ސްކްރިޕްޓެއް ކަމަށެވެ. “އަހަރެން ބިރުގަނޭ، އެކަމަކު ހަމަ އެއާއެކު ވަރަށް ފޯރިގަދަ ސްކްރިޕްޓެއް” އޭނާ ބުންޏެވެ.

މި ފިލްމަކީ ރަންބީރު ރަޝްމީކާއާ އެކު ކުޅޭ ފުރަތަމަ ފިލްމެވެ. މި އައު ޖޯޑު ފެނުމުން ފޭނުން ތިބީ ފުދޭވަރަކަށް އުންމީދު ބޮޑުވެފައެވެ. މީގެ އިތުރުން ޝްރައްދާ ކަޕޫރާ ވެސް ފެނިގެންދާނީ ލުވް ރަންޖަންގެ އަދި ނަން ނުކިޔާ ރޮމޭންޓިކް ކޮމެޑީ އިންނެވެ.