English Edition
Dhivehi Edition
ކާތިކް އަދި ސާރާ

ކާރްތިކް އާރްޔަން އާއި ސާރާ އަލީ ހާން ދުވަހަކުވެސް ސީދާ އެދެމީހުންގެ ގުޅުމަށް އިއުތިރާފު ނުވި ނަމަވެސް، ‘ކޮފީ ވިތު ކަރަން 7’ އިން ކަރަން ޖޯހަރު ހާމަކުރި ގޮތުގައި ‘ލަވް އާޖް ކަލް’ ގެ ޝޫޓިން ކުރިއަށް ދިޔައިރު އެ ދެމީހުން ވަނީ ހަގީގަތުގައި ވެސް އެކަކު އަނެކަކާ ރައްޓެހިވެފަ އެވެ.

އެކަމަކު މިއަދު 32 އަހަރު ފުރުނު އިރު ކާތިކް އަށް ސާރާ ފޮނި އުފަންދުވަހުގެ ނޯޓްއިން ހީވަނީ ދެމީހުން އެކަކު އަނެކަކާ އެކު އެކުވެރިކަން އުފެދިފައިވާހެންނެވެ.

އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތުތަކުގައި ކާތިކް ވަނީ އޭނާގެ އުފަންދުވަސް ފާހަގަކުރުމުގެ ކުޑަ ހިންޓެއް އޭނާގެ ފޭނުންނަށް ދީފަ އެވެ. އޭނާ އިންސްޓަގްރާމްގައި ހިއްސާކުރި މަދު ސްނެޕްތަކެއްގައި އޭނާގެ އުފަންދުވަހުގެ ކޭކާއި އޭނާގެ މައިންބަފައިންނާއި އޭނާގެ ޕެޓް ކުއްތާ އާއި އެކު ޕޯޒް ކުރާތަން ފެނިފައިވެ އެވެ.

ސާރާ ވަނީ ކާރްތިކްގެ ޕޯސްޓް އިންސްޓަގްރާމް ސްޓޯރީތަކުގައި އަލުން ހިއްސާކޮށް، “އުފާވެރި އުފަން ދުވަހަކަށް ކާތިކް އަށް އެދެން. އުންމީދުކުރަން މި އަހަރަކީ އުންމީދުކުރި ހުރިހާ ކަމެއް އަދި ހުރިހާ ހުވަފެނެއް ވެސް ހަގީގަތަކަށް ވެގެންދާނެ އަހަރެއް” ކަމަށް ލިޔެފައިވެ އެވެ.

ކާރޓިކް އާއި ސާރާ އެކަކު އަނެކަކާ މީހުން އަޅުވާކިޔަން ފޭށީ 2018 ވަނަ އަހަރު ކޮފީ ވިތު ކަރަންގައި ކާރޓިކް އަށް ލޯބިކުރި ކަމަށް ސާރާ އިއުތިރާފުވުމުންނެވެ ބްރޭކްއަޕް އަށް ފަހު ގިނަ ދުވަސްތަކަކަށް ފަހު އެކަކު އަނެކަކާ އެކު އެކުވެރިކަން އުފެދި، އެކި މުނާސަބަތުތަކުގައި އުފާވެރި ވާހަކަތައް ބަދަލުކުރާތަން ފެނިފައިވެ އެވެ.

މީގެ އިތުރުން ސާރާ މިހާރު ރައްޓެހިވެގެން އުޅެނީ ކްރިކެޓް ކުޅުންތެރިޔާ ޝުބްމަން ގިލްއާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ދެމީހުން އެކުގައި ޑިނާ ޑޭޓްތަކުން ދެތިން ފަހަރު ފެނިފައިވެއެވެ. ދާދި ފަހުން ޝުބްމަން އަށް ސާރާއާ އެކު ރައްޓެހިވުމުގެ އަޑުތަކާ ބެހޭ ގޮތުން ސުވާލު ކުރުމުން އެކަމަށް އިއުތިރާފެއް ނުވެއެވެ. އަދި ދެބަހެއް ވެސް ނުވެއެވެ.