English Edition
Dhivehi Edition

ޓްރާސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ އަށް ހަމަލާދިން މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

ރޭގެ ވަގުތެއްގައި މާލޭގެ މަގުމަތިން ޝިމްހާޒު އަށް ހަމަލާދީފައިވާއިރު މިދިޔަ ހަފުތާގެ ތެރޭގައި ބަޔަކު ވަނީ އޭނާގެ ސައިކަލަށް ގެއްލުންދީފައެވެ. މީގެ އިތުރުން ޝިމްހާޒް އަށް އިންޒާރުދީ މީހަކު ފޮނުވާފައިވާ ސްކްރީން ޝޮޓެއްގެ މައްސަލަ ވެސް ފެންމަތިވެފައިވާއިރު މި މައްސަލަވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

ޝިމްހާޒްއަށް ދިން ހަމަލާއާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާއިރު، ޖުމްހޫރީ ޕާޓީން ވަނީ މި ވާހަކަތައް ދޮގުކޮށްފައެވެ.

ރާއްޖޭގައި ދުއްވާ ހުރިހާ ވެހިކަލްތަކުގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން ވަސާޖިއޯ ނަމަކަށް ކިޔާ ކުންފުންޏާ ހަވާލުކުރި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޝިމާޒް ގެ އިތުރުން ހަ މީހެއްގެ މައްޗަށް ދުވާކުރަން ފޮނުވާފައިވާއިރު އެމައްސަލައާ ގުޅިގެން ޝިމާޒް މަގާމުން ވަކިކޮށްދިނުމަށް ނަހުލާ ވަނީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އަރިހުން އެދިވަޑައިގެންފައެވެ.