English Edition
Dhivehi Edition

ގައްދޫ އ.ތ.މ ކޮމިޓީ އާއި ގުޅިގެން ގައްދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ އަންހެން ފުޓްސަލް މުބާރާތުގެ ގަވައިދު އިސްލާހުކޮށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ،

ގައްދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ މި އަހަރުގެ ޑިސެމްބަރ 22 ވަނަ ދުވަހު ގދ.ގައްދޫ ގައި ބޭއްވުމަށް ނިންމާފައިވާ ފުޓްސަލް މުބާރާތަށް ކުރިން އެކުލަވާލި ޤަވާއިދުގައި ވާގޮތުން މުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި ގައްދޫ އަށް ނިސްބަތްވާ ޓީމްތަކަށްކަމަަށެވެ. ނަމަވެސް ރަށުން ބޭރު ޓީމްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދެމުން ދިއުމާއެކު މުބާރާތުގެ ޤަވާއިދު އިސްލާޙުކޮށް މުޅި ހުވަދުއަތޮޅަށް ނިސްބަތްވާ ރަށްރަށުގެ ޓީމްތަކަށްވެސް ބައިވެރިވެވޭ ގޮތަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އަލުން ހުޅުވާލާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމްތަކުން 2022 ނޮވެމްބަރ 28 ވަނަ ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު އެ އިދާރާއަށް ހުށަހެޅުމަށް ގައްދޫ ކައުންސިލުން ވަނީ އެދިފައެވެ.

މި މުބާރާތުގެ ޤަވާއިދާއި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އަދި މުބާރާތުގައި ބައިވެރިވާ ޓީމް ތަކުން ހުށަހަޅަންޖެހޭ ޓީމް ލިސްޓް ހުށަހަޅާ ފޯމް:

https://storage.googleapis.com/gazette.gov.mv/docs/iulaan/104971.pdf

https://storage.googleapis.com/gazette.gov.mv/docs/iulaan/104972.pdf