English Edition
Dhivehi Edition

ދުނިޔޭގެ ޓޫރިޒަމްގެ ދާއިރާ އިން ބާއްވާ އެންމެ ބޮޑު ފެއާ، ވޯލްޑް ޓްރެވެލް މާކެޓް (ޑަބްލިއުޓީއެމް) ގައި ބައިވެރިވުމަށް އިނގިރޭސިވިލާތައް ދިޔަ ޓޫރިޒަމް މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި ހުންނެވި ތޮއްޔިބު ޝަހީމްގެ މި ވީޑިއޯ ބަލާލިން ހެއްޔެވެ؟

 

ޑަބްލިއުޓީއެމްގެ ރާއްޖޭގެ ސްޓޯލް ކައިރީގައި ނަގަފައިވާ މި ވީޑިއޯ ތޮއްޔިބު ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވަނީ ދިވެހިރާއްޖެ ފަތުރުވެރިކަމުގެ ދާއިރާގައި ބޭނުންކުރާ “ސަނީ ސައިޑް އޮފް ލައިފް” ސްލޯގަންވެސް ފެންނަ ގޮތަށެވެ،

ތޮއްޔިބުގެ މި ވީޑިއޯ އާއި އެކު ސޯޝަލް މީޑިގައި އޭނާގެ އިތުރަށް މި ސަރުކާރަށްވެސް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. މި ގޮތުން މިއީ ރައްޔިތުންގެ ޓެކްސް ފައިސާ އިސްރާފުކުރުންކަމަށް ބުނެ ވީޑިއޯއަށް ކޮމެންޓްކުރި ފަރާތްތަކުން ވަނީ ދައުލަތް ދަރަނިވެރި ވާތީ ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑު ކުރާއިރު މި ކަހަލަ ބަޔަކު މީހުން ޔޫކޭ އަށްދާން ހަރަދުކުރާނަމަ ދައުލަތުގައި ފައިސާ ނުހުންނާނެ ކަމަށް ބުނެފައެވެ.

ދައުލަތުން ބޮޑު މުސާރަ އާއި މަގާމުތައް ގާބިލް ނޫން މީހުންނަށް ދިނުމުން ފެންނަން ނުޖެހޭ އެތައް މަންޒަރެއް ފެންނާނެކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔާފައިވާއިރު އެ ޕޯސްޓަށް ކޮމެންޓްކުރި މީހަކު ވަނީ ސަރުކާރެއް ހިންގުމަކީ ހާދަ ދަތި އުނދަގޫ ކަމެއްކަމަށެވެ.” މިކަހަލަ އެތައް ބަޔަކު ގެންގުޅެން އެބަ މަޖުބޫރުވޭ. ކަމެއް ކުރަން ނޭނގޭ. ހުރިހާ ކަމަކަށް ބެހެން ވެސް ޖެހޭނެ. ވާކަން ދައްކަން ވެސް ބޭނުންވާނެ.” އެ ކޮމެންޓަގައި ވަނީ ބުނެފައެވެ.

މިއަހަރުގެ ޑަބްލިއުޓީއެމް ފެއަރ ބާއްވާފައިވަނީ މިމަހުގެ 7 އިން 9 ވަނަ ދުވަހުގެ ނިޔަލަށް އެކްސެލް ލަންޑަންގައެވެ.