އާސެނަލް އަށް ކުޅެމުން އަންނަ އަދި މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ޑިފެންޑަރ ގެބްރިއެލް މަގާލައެސް އާއި ރޮބާޓޯ ފިރުމިނޯ ބާކީ ކޮށް މިމަހު 20 ގައި ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕަށް ދާ ބްރެޒިލްގެ ފައިނަލް ސްކޮޑު އިއުލާން ކޮށްފިއެވެ.
ވޯލްޑް ކަޕަށް ދާ ބްރެޒިލްގެ 26 ކުޅުންތެރިންގެ ފައިނަލް ސްކޮޑު އިއުލާން ކުރީ މިރޭ އެކަމަށް ބޭއްވި ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ބްރެޒިލް ކޯޗު ޓީޓޭއެވެ. މި ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޓީޓޭ ބުނީ ބްރެޒިލްގެ ސްކޮޑު އެކުލަވާލުމުގައި އުނދަގުތަކެއް ކުރިމަތިވި ކަމަށާއި، ހައްތާވެސް ތިބީ ހުނަރުވެރި މޮޅެތި ކުޅުންތެރިން ކަމަށެވެ. 26 ކުޅުންތެރިންގެ ފައިނަލް ސްކޮޑު އިއުލާން ކުރީ ގިނަ ގޮތްގޮތައް ވިސްނާ މަޝްވަރާ ކުރުމަށް ފަހު މިވަގުތުގެ ހާލަތައް ބަލާ އެންމެ ރަނގަޅު ފޯމުގައި، ރަނގަޅު ޕާފޯމަންސް ދައްކަމުން އަންނަ ކުޅުންތެރިންނަށް ބަލާފަކަމަށް ޓީޓޭ ބުންޏެވެ.
ގަތަރު ވޯލްޑް ކަޕަށް ދާ ބްރެޒިލް 26 ކުޅުންތެރިންގެ ފައިނަލް ސްކޮޑު
ގޯލް ކީޕަރުން : އެލިސަން ( ލިވަޕޫލް)، އެޑަރސަން، ( މެންޗެސްޓަރ ސިޓީ)، ވެވަރޓަން (ސޮސިއެދާދް އެސްޕޯޓިވާ ޕަލްމެއިރަސް)
ޑިފެންޑަރުން: ޑެނި އަލްވޭސް (ކުލަބް ޔުނިވާސިދާދް ނޭސަނަލް) ޑެނިލޯ (ޔުވެންޓަސް)، އަލެކްސް ސަންޑްރޯ (ޔުވެންތަސް)، އެލެކްސް ޓެލެސް (ސެވިއްޔާ), ބްރެމަރ، (ޔުވެންޓަސް)، އެޑަ މިލިޓާއޯ، (ރެއާލް މެޑްރިޑް)، މާކިންއޯސް (ޕީއެސްޖީ)، ތިއާގޯ ސިލްވާ (ޗެލްސީ).
މިޑްފީލްޑަރުން: ކަސެމިރޯ (މެންޗެސްޓަރ ޔުނައިޓެޑް)، އެވަޓަން ރިބެއިރޯ (ފްލެމިންގޯ)، ބުރޫނޯ ގުއިމަރޭސް (ނިއުކާސަލް)، ފަބީންހޯ (ލިވަޕޫލް) ފްރެޑް (މެންޗެސްޓަރ ޔުނައިޓެޑް)، ލުކަސް ޕަކުއިޓާ (ވެސްޓް ހަމް)
ފޯވާޑުން: އެންޓޯނީ (މެންޗެސްޓަރ ޔުނައިޓެޑް)، ގެބްރިއެލް ޖީސަސް (އާސެނަލް)، ގެބްރިއެލް މާޓިނެލީ (އާސެނަލް) ނޭމާ ޖޫނިއަރ (ޕީއެސްޖީ)، ޕެޑްރޯ (ފްލެމިންގޯ)، ރަފީނިއާ (ބާސެލޯނާ)، ރޮޑްރިގޯ (ރެއާލް މެޑްރިޑް)، ރިޗާލިސަން (ޓޮޓެންހަމް)، ވިނިސިއަސް ޖޫނިއަރ (ރެއާލް މެޑްރިޑް).