English Edition
Dhivehi Edition

އެމްއެންޑީއެފުން ކޮންމެ އަހަރަކުވެސް ނެރެމުންދާ އަހަރީ އައްޑަނަ މަޖައްލާގެ 22 ވަނަ އަދަދު ރޭ ނެރެފިއެވެ.

ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފުން ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވި ޚާއްޞަ ޖަލްސާގައި މި އަދަދު ނެރެދެއްވެވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ އާދަމް ޝަރީފު ޢުމަރު،އެވެ.

އައްޑަނަ މަޖައްލާގެ މިފަހަރުގެ އަދަދުގައި، 88 ނޮވެމްބަރ 3 ވަނަ ދުވަހު ރާއްޖެއަށް ދިން ޢުދުވާނީ ހަމަލާއާ ގުޅޭ ލިޔުންތަކާއި، މިއަހަރުގެ ތެރޭގައި ސިފައިން ހިންގާފައިވާ އިޖުތިމާޢީ ހަރަކާތްތަކާއި، އަދަބީ ލިޔުންތަކާއި، މުހިންމު މަޢުލޫމާތުތައް ވަނީ ހިމާނާފައެވެ. އަދި، މި މަޖައްލާގައި ރާއްޖޭގެ ފުންނާބު އުސް ލިޔުންތެރިންނާއި ބައެއް ސިފައިންގެ ލިޔުންތައް ހިމަނާފައިވެއެވެ.

އައްޑަނަ މަޖައްލާއަކީ، ކޮންމެ އަހަރަކު ދެފަހަރު އެމްއެންޑީއެފުން ނެރެމުންދާ މަޖައްލާއެކެވެ. މިގޮތުން ކޮންމެ އަހަރެއްގެ ސިފައިންގެ އަހަރީ ދުވަހާއި ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި އައްޑަނަ މަޖައްލާ ދަނީ ޝާއިޢުކުރަމުންނެވެ.