English Edition
Dhivehi Edition
Monstera tree in pots on the wood floor in house, House plant

މޮންސްޓޭރާ ޑެލިޝިއޮސާ އަކީ ގޭތެރޭގައި ހައްދާލުމަށް ގިނަ ބަޔަކަށް ވަރަށް ކަމުދާ ރީތި ގަހެކެވެ. މި ގަހުގެ ފަތް ތަކުގައި އެކި ޑިޒައިންތައް ހެދިފައި ހުރުމަކީ ގަހަށް ގެނުވައިދޭ އިތުރު ޚާއްޞަ ރީތިކަމެކެވެ. ގިނަ އިންޓީރިއާ ޑިޒައިނަރުންނަށް މިއީ ގޭތެރެ ޑިޒައިން ކޮށްލުމަށް ބޭނުންކޮށްލަން އެންމެ ގަޔާވާ ގަހެވެ. އިންދާ ހެއްދުމަށް މާ ބޮޑު އަޅާލުމެއްވެސް ބޭނުންނުވާ މި ގަހަކީ ގިނަ ފައިދާ ތަކެއް އެއިން ލިބިދޭ ޚާއްޞަ ގަހެކެވެ.

ސިކުނޑިއަށް ހަމަޖެހުން ލިއްބައިދޭ:

ގަސްއިންދުމާއި ގަހަށް ފެންދީ ގަސްތަކަށް އަޅާލައި ހެދުމަކީ ސިކުނޑި ލުއިކޮށްދޭ އަދި ސްޓްރެސް ފިލުވައިދޭ ކަމެއް ކަމަށް ދިރާސާތަކުން ދައްކައެެވެ. އަދި ގޭތެރޭގައި މޮންސްޓޭރާ ޑެލިޝިއޮސާ ފަދަ ގަސްތައް ބެހެއްޓުމަކީ މޫޑު ރަނގަޅު ކޮށްދޭ ކަމެއްވެސް މެއެވެ.

ކާބަންޑިއޮކްސައިޑް މަދުކޮށްދޭ:

ޖައްވުގައި ހުންނަ ވިހަ ގޭހެއް ކަަމަށްވާ ކާބަންޑި އޮކްސައިޑަކީ ގަސްގަހާގެހި ބޭނުންކުރާ އެއްޗެއްކަމާއި އަދި އިންސާނުން ނޭވާލުމަށް ބޭނުންވާ އޮކްސިޖަން ގަހުން ލިބިދޭކަމީ އެންމެން ދަންނަވާހަކައެކެވެ. މޮންސްޓޭރާ ޑެލިޝިއޮސާ އަކީ ބޮޑެތި ފަތްތަކެއް ހުންނަ ގަހަކަށް ވުމާއެކު މި ގަސް ގޭތެރޭގައި ހެއްދުމުން ގޭތެރޭގައި ހުންނަ އިންސާނުން ބޭރުކުރާ ވިހަ ގޭސް ވަރަށް ބޮޑަށް މަދުކޮށްދެއެވެ.

މީގެ އިތުރުން ޖައްވުގައި ހުންނަ އިންސާނުން ނޭވާލުމަށް ގެއްލުންދޭ ގިނަ އެއްޗެތިން ޖައްވު ސާފުކޮށްދިނުމަށް މިގަސް މުހިންމު ރޯލެއް އަދާކުރެއްވެ.

ޚަރަދު ކުޑަކޮށް ބެލެހެއްޓޭ:

ގަސް އިންދުމަކީ ގިނަ ބަޔަކަށް ޚަރަދު ބޮޑު ބުރަ މަސައްކަތަކަށް ވިޔަސް މޮންސްޓޭރާ ޑެލިޝިއޮސާ އަކީ ހައްދާލަން ފަސޭހަ ގަހެކެވެ. މި ގަހަކީ މާބޮޑު އަޅާލުމެއް ނުދިނަސް ފަސޭހަކަމާއެކު ހައްދާލެވޭ އެއްޗެކެވެ. އަލި ލިބޭކަހަލަ ތަނެއްގައި މި ގަސް ބެހެއްޓުމަށް ފަހު ދޭތެރެ ދޭތެރެއިން ފެން ދިނުމުން ވީއެވެ.

Photo taken in Kazan, Russia

ޖައްވުގައި ހުންނަ ތެތްކަން މަތިކޮށްދޭ ގަހަކަށް މޮންސްޓޭރާ ޑެލިޝިއޮސާ ވުމަކީ މި ގަހަށް ލިބޭ ޚާއްޞަ ކަމެކެވެ. ޖައްވުގައި ހުންނަ ތެތްކަން އިތުރުވުމަކީ ނޭވާލުމަށާއި އަދި ހަންގަނޑު ހިކުނަ ނުދީ ރީތިކޮށް ބެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ.

ގޭތެރޭގައި ދިރިއުޅޭ އެންމެންގެ އުފާވެރިކަމާއި ސިއްޙަތަށް ފައިދާ ހުރި އަދި ބަލާލަން ރީތި މޮންސްޓޭރާ ޑެލިޝިއޮސާ އަކީ ކޮންމެ ގޮތެއް ހަދާފައިވެސް ގޭތެރޭގައި ބަހައްޓާލުން މުހިއްމު ގަހަކަށް މިވަނީ ވެފައެވެ!

 

 

1 ކޮމެންޓް
ހިލްމީ
ނޮވެމްބަރު 4, 2022
މީގެ ގަހެއް ގަންނަން ލިބޭނީ ކޮންތާކުންތޯ؟