ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
މި މައްސަލަތަކާ ގުޅިގެން ހޯދަމުންދަނީ ކ. ކާށިދޫ، ދަފްތަރު ނަންބަރު 02، އިބްރާހިމް ނިޔާޒް (32އ) އާއި ހދ. ހަނިމާދޫ، ނަޞްރު، މުހައްމަދު ޝާކިރު (39އ) އާއި ސ. ހިތަދޫ، ބޯށިވަލުގެ، ޙުސައިންދީދީ (37އ) އެވެ.
މިތިން މީހުންގެ ތެރެއިން އިބްރާހިމް ނިޔާޒް ހޯދަމުންދަނީ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެންނެވެ. އަދި މުޙައްމަދު ޝާކިރު ހޯދަމުންދަނީ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެންނެވެ. ޙުސައިން ދީދީ ހޯދަމުންދަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލައަކާ ގުޅިގެންނެވެ.
ވީމާ މި ތިން މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.