English Edition
Dhivehi Edition

ޔޫރޮޕާ ލީގުގައި ރޭ އެފްސީ ޝެރިފް އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަ ކަމާއެކު ކާމިޔާބުކޮށް މު ބާރާތުގެ ދެވަނަ ބުރަށް މެންޗެސްޓާ ޔުނައިޓެޑުން ދަތުރުކޮށްފިއެވެ.

ރޭ އަމިއްލަ ރަށުގައި ޝެރިފާއި ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑުން ކާމިޔާބު ކުރީ 0-3 ގެ ނަތީޖާއިންނެވެ.

ރޭގެ މެޗު އެއްވަރުކޮށްލައިގެން ވެސް ދެވަނަ ބުރުގެ ޖާގައެއް ޔުނައިޓެޑަށް ކަސަވަރުވާނެއެވެ. ރޭގެ މޮޅާއި އެކު ޔުނައިޓެޑު ދެވަނަ ބުރަށް ދަތުރު ކުރީ އެޓީމު ހިމެނޭ ގުރޫޕް އީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެއީ ކުޅުނު ފަސް މެޗުން ލިބުނު 12 ޕޮއިންޓާއި އެކުގައެވެ. މި ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރީ ރެއަލް ސޮސިއެދާދް އެވެ. އެޓީމަށް ވަނީ ފަސް މެޗުން 15 ޕޮއިންޓް ލިބިފައެވެ.

ޔުނައިޓެޑުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ 43 ވަނަ މިނެޓުގައި ޑިއޭގޯ ޑަލޮޓް ކާމިޔާބު ކޮށްދިން ލަނޑުން ޔުނައިޓެޑުން ލީޑު ނެގިއެވެ. ފުރަތަމަ ހާފް ނިމުނީ މި ނަތީޖާގައި އޮވެއެވެ.

ޔުނައިޓެޑުގެ ދެވަނަ ލަނޑު ޖަހައިދީ ލީޑު ފުޅާކޮށް ދިނީ މާކަސް ރަޝްފޯޑެވެ. މިއީ ލުކް ޝޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ރަޝްފޯޑް ޖެހި ލަނޑެކެވެ. މި މެޗުގައި ޔުނައިޓެޑުގެ ފަހު ލަނޑު ޖަހައިދިނީ ކްރިސްޓިނއާނޯ ރޮނާލްޑޯއެވެ. މިއީ ބުރޫނޯ ފެނާންޑޭސް ތަނަވަސް ކޮށްދިން ފުސަތެއްގައި ރޮނާލްޑޯ ޖެހި ލަނޑެކެވެ.