English Edition
Dhivehi Edition

މިފަހަރު ގަތަރުގައި ބޭއްވޭ ފީފާ ވޯލްޑް ކަޕަކީ ފާއިތުވެދިޔަ 10 ވަރަކަށް އަހަރު ތެރޭގައި ދުނިޔޭގެ ފުޓްބޯޅައިގައި ފިޔަޖަހަމުންދިޔަ ބައެއް ތަރިންގެ އެންމެފަހުގެ ވޯލްޑް ކަޕެވެ.

މީގެ ތެރެއިން ބައެއް ތަރިން ވަނީ ވޭތުވެ ދިޔަ 3 ވޯލްޑް ކަޕުގައި އެކުޅުންތެރިންގެ ޖާދޫ މުޅި ދުނިޔެއަށް ދައްކާލާފައެވެ. މިފަހަރުގެ ވޯލްޑް ކަޕަށް ފަހުން ނުފެންނާނެ ތަރިންނަށް ބަލާއިރު،

1. ޑެނި އަލްވޭސް (ބްރެޒިލް)– މިފަހަރުގެ ވޯލްޑް ކަޕަކީ އުމުުރުން 39 އަހަރުގެ އަލްވޭސް ކުޅޭނެ އެންމެ ފަހުގެ ވޯލްޑް ކަޕެވެ. 2006 ވަނަ އަހަރުން ފެށިގެން ބްރެޒިލް ޓީމަށް ކުލެމުން އަންނަ އަލްވޭޒް ވަނީ މިހާތަނަށް ދެ ވޯލްށް ކަޕުގައި ކުޅެފައެވެ. ނަމަވެސް މިހާތަނަށް ބްރެޒިލް އާއި އެކު ވޯލްޑް ކަޕެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އެހެން ކަމުން މިފަހަރުގެ މުބާރާތަކީ އަލްވޭސްގެ އެންމެ ފަހުގެ ވޯލްޑް ކަޕަށް ވާއިރު، މިފަހަރުގެ ވޯލްޑް ބްރެޒިލްއާއި އެކު ކާމިޔާބު ކުރުމަކީ އަލްވޭސް ދެކޭނެ އެންމެ ބޮޑު އެއް ހުވަފެނެވެ.

2. ޕެޕޭ (ޕޯޗުގަލް)- ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރ ކުޅުންތެރިއަކީ ޕެޕޭއެވެ. 2007 ވަނަ އަހަރުން ފެސީގެ ޕޯޗުގަލް ޓީމަށް ކުޅެމުން އަންނަ ޕެޕޭ އަކީ މިފަހަރުގެ ވޯލްޑް ކަޕަށް ނިކުންނަ ޕޯޗުގަލް ޓީމުގައި ހުރި އުމުރުން އެންމެ ދުވަސްވީ ކުޅުންތެރިއާއެވެ. މިހާތަނަށް ޕޯޗުގަލް އާއި އެކު ތިން ވޯލްޑް ކަޕް ޕެޕޭ ކުޅެފައިވާއިރު، ވޯލްޑް ކަޕަ ތައްޓެއް އުފުލާލުމުގެ ޝަރަފު އަދި ލިބިފައެއް ނުވެއެވެ. އެހެން ކަމުން މިފަހަރުގެ ވޯލްޑް ކަޕަށް ފަހު ވަކިވެގެން ދާއިރު، ޕެޕޭގެ އެންމެ ބޭނުންވާނެ އެއް ކަމަކީ ޕޯޗުގަލް އާއި އެކު މިފަހަރުގެ ވޯލްޑް ކަޕް ތަށި އުފުލާލުމެވެ.

3. ތިއާގޯ ސިލްވާ (ބްރެޒިލް)- މިފަހަރުގެ ވޯލްޑް ކަޕަކީ އުމުުރުން 38 އަހަރުގެ ތިއާގޯ ސިލްވާ ކުޅޭނެ އެންމެ ފަހުގެ ވޯލްޑް ކަޕެވެ. 2008 ވަނަ އަހަރުން ފެށިގެން ބްރެޒިލް ޓީމަށް ކުޅެމުން އަންނަ ސިލްވާ ވަނީ މިހާތަނަށް ތިން ވޯލްށް ކަޕުގައި ކުޅެފައެވެ. ނަމަވެސް މިހާތަނަށް ބްރެޒިލް އާއި އެކު ވޯލްޑް ކަޕެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އެހެން ކަމުން މިފަހަރުގެ މުބާރާތަކީ ސިލްވާގެ އެންމެ ފަހުގެ ވޯލްޑް ކަޕަށް ވާއިރު، މިފަހަރުގެ ވޯލްޑް ބްރެޒިލްއާއި އެކު ކާމިޔާބު ކުރުމަކީ ސިލްވާ ދެކޭނެ އެންމެ ބޮޑު އެއް ހުވަފެނެވެ.

4. ކްރިސްޓިއާނޯ ރޮނާލްޑޯ (ޕޯޗުގަލް) – ރޮނާލްޑޯ އަކީ ދުނިޔެ ދުއއެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާއެވެ. 2006 ވަނަ އަހަރުން ފެށިގެން ޕޯޗުގަލް ޓީމަށް ކުލެމުން އަންނަ ރޮނާލްޑޯ މިހާތަނަށް ހަތަރު ވޯލްޑް ކަޕެއް ވަނީ ކުޅެފައެވެ. ނަމަވެސް ވޯލްޑް ކަޕެއްގެ ތަށްޓެއް އަދި ހޯދިފައެއް ނުވެއެވެ. މިފަހަރަކީ ރޮނާލްޑޯގެ އެންމެ ފަހުގެ ވޯލްޑް ކަޕަށް ވާއިރު، މިފަހަރުގެ މުބާރާތުގެ ތަށި އުފުލާލުމަކީ ރޮނާލްޑޯގެ އެންމެ ބޮޑު އުންމީދެވެ. ރޮނާލްޑޯ ވަނީ 2006 ، 2010 ، 2014 އަދި 2018 ވަނަ އހަރުގެ ވޯލްޑް ކަޕްގައި ކުލެފައެވެ.

5. ލުކަ މޮޑްރިޗް (ކްރޮއޭޝިއާ)– މޮޑްރިޗް އަކީ ކްރޮއޭޝިއާގައި މިހާތަނަށް އުފެދުނު އެންމެ މޮޅު މިޑްފީލްޑަރ ކުޅުންތެރިޔާއެވެ. 2006 ވަނަ އަހަރުން ފެށިގެން ގަވައިދުން މޮޑްރިޗް އަންނަނީ ކްރޮއޭޝިއާގެ ޓީމުގައި ހިމެނިގެން ކުޅެމުންނެވެ. ގައުމީ ފެންވރުގެ އެއްވެސް ތައްޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. މިފަހަރުގެ ވޯލްޑް ކަޕް މުބާރާތަށް ފަހު މޮޑްރިޗް ގައުމީ ޓީމުން ވަކިގެންދާއިރު، އޭނާ އަށް މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރުން ވާނީ ދެކޭ ހުވަފެނަކަށެވެ. އެންމެ ފަހުން 2018 ގައި ކުޅުނު ވޯލްޑް ކަޕުގެ ފައިނަލާއި ހަމައަށް ކްރޮއޭޝިއާ ޓީމު ގޮވައިގެން ދިޔަ ނަމަވެސް ތަށި އަތުޖެހޭ ގޮތެއް ނުވިއެވެ. މޮޑްރިޗް ވަނީ 2006 ، 2014 އަދި 2018 ގެ ވޯލްޑް ކަޕުގައި ކުޅެފައެވެ.

6. މެނުއެލް ނޯޔާ (ޖަރުމަން) – މިފަހަރުގެ ވޯލްޑް ކަޕަށް ފަހު ނޯޔާ ގައުމީ ޓީމާއި އަލްވަދާއު ކިޔާއިރު، އޭނާ ވަނީ ޖަރުމަން ޓީމާއި އެކު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ތަށި އުފުލާލާފައެވެ. އުމުުރުން 36 އަހަރުގެ ނޯޔާ އަކީ ސްޕެއިން ޓީމުގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު އަދި އެންމެ ކާމިޔާބު ގޯލް ކީޕަރެވެ. ނޯޔާ ވަނީ މިހާތަނަށް ތިން ވޯލްޑް ކަޕެއްގައި ކުޅެފައެވެ. އެއީ 2010، 2014 އަދި 2018 ގެ ވޯލްޑް ކަޕެވެ.

7. ލިއޮނެލް މެސީ (އާޖެންތީނާ) – މެސީ އަކީ ދުނިޔޭ ދުއް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާއެވެ. ނަމަވެސް މިހާތަނަށް ވޯލްޑް ކަޕު ތައްޓެއް ހޯދިފައެއް ނުވެއެވެ. މިފަހަރުގެ މުބާރާތަކީ މެސީގެ އެންމެ ފަހުގެ ވޯލްޑް ކަޕަށް ވާއިއިރު، މި ވޯލްޑް ކަޕާއި މެދު މެސީ ދެކޭ ހުވަފެންތައް ގިނައެވެ. ކެރިއަރުގެ އެންމެ ފަހުގެ ވޯލްޑް ކަޕް ތަށި އުފުލާލުމަކީ މެސީގެ އެންމެ ބޮޑު ހުވަފެނެވެ. މެސީ ވަނީ މިހާތަނަށް ހަތަރު ވޯލްޑް ކަޕް ކުޅެފައެވެ. އެއީ 2006 ، 2010، 2014 އަދި 2018 ގެ ވޯލްޑް ކަޕެވެ.

8. އެޑިންސަން ކަވާނީ (އުރުގުއޭ) – 2008 ވަނަ އަހަރު އުރުގުއޭ ޓީމަށް ކުޅެން ފެށި އުމުުރުން 35 އަހަރުގެ ފޯވާޑް އެޑިންސަން ކަވާނީ ވަނީ މިހާތަނަށް ތިން ވޯލްޑް ކަޕުގައި ކުޅެފައެވެ. އެއީ 210 ، 2014 އަދި 2018 ގެ ވޯލްޑް ކަޕުގައެވެ. ނަމަވެސް މިހާތަނަށް ވޯލްޑް ކަޕް ތައްޓެއް އުފުލާލުމުގެ ޝަރަފު ކަވާނީއަށް ލިބިފައެއް ނުވެއެވެ. މިފަހަރުގެ ވޯލްޑް ކަޕް މުބާރާތައް ފަހު ގައުމީޓީމާއި ވަކިވާއިރު، މިފަހަރުގެ މުބާރާތުގައި ވޯލްޑް ކަޕް ތަށި އުފުލާލުމަކީ ކަވާނީގެ އެންމެ ބޮޑު އުންމީދެވެ.

9. ސުއަރޭޒް (އުރުގުއޭ) – 2007 ވަނަ އަހަރު އުރުގުއޭ ޓީމަށް ކުޅެން ފެށި އުމުުރުން 35 އަހަރުގެ ފޯވާޑް ލުއިސް ސުއަރޭޒް ވަނީ މިހާތަނަށް ދެ ވޯލްޑް ކަޕުގައި ކުޅެފައެވެ. އެއީ 210 އަދި 2014 ގެ ވޯލްޑް ކަޕުގައެވެ. ނަމަވެސް މިހާތަނަށް ވޯލްޑް ކަޕް ތައްޓެއް އުފުލާލުމުގެ ޝަރަފު ލިބިފައެއް ނުވެއެވެ. މިފަހަރުގެ ވޯލްޑް ކަޕް މުބާރާތައް ފަހު ގައުމީޓީމާއި ވަކިވާއިރު، މިފަހަރުގެ މުބާރާތުގެ ތަށި އުފުލާލުމަކީ ސުއަރޭޒްގެ ވެސް އެންމެ ބޮޑު އުންމީދެވެ.

10. ޑިމަރިއާ (އާޖެންޓީނާ) – 2008 ވަނަ އަހަރު އާޖެންޓީނާ ޓީމަށް ކުޅެން ފެށި އުމުުރުން 35 އަހަރުގެ މިޑްފީލްޑަރ އެންޖެލް ޑިމަރިއާ ވަނީ މިހާތަނަށް ތިން ވޯލްޑް ކަޕުގައި ކުޅެފައެވެ. އެއީ 210 ، 2014 އަދި 2018 ގެ ވޯލްޑް ކަޕުގައެވެ. ނަމަވެސް މިހާތަނަށް ވޯލްޑް ކަޕް ތައްޓެއް އުފުލާލުމުގެ ޝަރަފު ޑިމަރީއާ އަށް ލިބިފައެއް ނުވެއެވެ. 2014 ވަނަ އހަރުގެ ވޯލްޑް ކަޕްް ފައިނަލުގައި އޭނާ ކުޅުނެވެ. ނަމަވެސް ތަށްޓާއި ހަމައަށް ވާސިލްވެވޭ ގޮތެއް ނުވިއެވެ. މިއީ ވޯލްޑް ކަޕުގައި ޑިމަރިއާއަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއެވެ. މި ފަހަރުގެ ވޯލްޑް ކަޕް މުބާރާތައް ފަހު ގައުމީޓީމާއި ވަކިވާއިރު، މިފަހަރުގެ މުބާރާތުގައި ވޯލްޑް ކަޕް ތަށި އުފުލާލުމަކީ ޑިމަރިއާގެ ވެސް އެންމެ ބޮޑު ހުވަފެނެވެ.

11. ކަރީމް ބެންޒެމާ (ފްރާންސް) – 2007 ވަނަ އަހަރު ފްރާންސް ޓީމަށް ކުޅެން ފެށި އުމުުރުން 34 އަހަރުގެ ފޯވާޑް ކަރީމް ބެންޒެމާ މިހާތަނަށް ކުޅެފައިވަނީ އެންމެ ވޯލްޑް ކަޕެކެވެ. އެއީ 2010 ގެ ވޯލްޑް ކަޕުގައެވެ. ފްރާންސް ކުޅުންތެރިއެއް ބްލެކްމެއިލް ކުރި މައްސަލައެއްގައި ފްރާންސް ޓީމުން އެކަހެރި ކުރުމުގެ ސަބަބުން 2010 ވަނަ ައަހަރުގެ ވޯލްޑް ކަޕަށް ފަހު އިތުރު ވޯލްޑް ކަޕް މުބާރާތެއްގަިއ ކުޅުމުގެ ފުރުސަތު ބެންޒެމާއަށް ނުލިބެއެވެ. އެންމެ ފަހުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ތަށި ފްރާންސުން އުފުލާލި މުބާރާތުގައި ވެސް ބެންޒެމާ ނުކުޅެއެވެ. ނަމަވެސް އެންމެ ފަހުން ނިމިގެން ދިޔަ ޔޫރޯ މުބާރާތަށް ނެގި ސްކޮޑުން އޭނާއަށް ވަނީ ފުރުސަތު ދީފައެވެ. އަހަރުތަކެއް މެދުކެނޑުމަށް ފަހު މިފަހަރުގެ ވޯލްޑް ކަޕުގައި ބެންޒެމާ ކުޅޭއިރު، މިއީ އޭނާގެ ކެރިއަރުގެ ދެވަނަ ވޯލްޑް ކަޕެވެ. މި މުބާރާތަށް ފަހު ބެންޒެމާ ފްރާންސްގެ ގައުމީޓީމުން ރިޓަޔަ ކުރާނެއެވެ. މި ފަހަރުގެ ވޯލްޑް ކަޕް މުބާރާތައް ފަހު ގައުމީޓީމާއި ވަކިވާއިރު، މިފަހަރުގެ މުބާރާތުގައި ތަށި އުފުލާލުމަކީ ބެންޒެމާގެ ވެސް އެންމެ ބޮޑު އުންމީދަށް ވާނެއެވެ.

12. ރޮބަޓް ލެވެންޑޯސްކީ (ޕޮލެންޑް) – 2008 ވަނަ އަހަރު ޕޮލެންޑް ޓީމަށް ކުޅެން ފެށި އުމުުރުން 34 އަހަރުގެ ފޯވާޑް ރޮބަޓް ލެވެންޑޯސްކީ ކުޅުނީ އެންމެ ވޯލްޑް ކަޕެއްގައެވެ. އެއީ 2018 ގެ ވޯލްޑް ކަޕްގައެވެ. ކުލަބު ފެންވަރުގައި ކިތެންމެ ގިނަ ކާމިޔާބީތަކެއް ހޯދި ނަމަވެސް މިހާތަނަށް ޕޮލެންޑް ޓީމާއި އެކު ބޮޑު މުބާރާތެއްގެ ތައްޓެއް އުފުލާލުމުގެ ޝަރަފު ލެވެންޑޯސްކީ އަށް ލިބިފައެއް ނުވެއެވެ. މި ފަހަރުގެ ވޯލްޑް ކަޕް މުބާރާތައް ފަހު ގައުމީޓީމާއި ވަކިވާއިރު، މިފަހަރުގެ މުބާރާތުގައި ވޯލްޑް ކަޕް ތަށި އުފުލާލުމަކީ ލެވެންޑޯސްކީ ގެ ވެސް އެންމެ ބޮޑު ހުވަފެނެވެ.