English Edition
Dhivehi Edition

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ރޭ ސްޕެއިންގެ ރެއާލް މެޑްރިދާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް މުބާރާތުގެ ދެވަބުރުގެ އުންމީދު އާރްބީ ލއެިޕްޒިގުން ބޮޑުކޮށްފިއެވެ.

ރޭ އަމިއްލަ ދަނޑުގައި ރެއާލް އާއި ދެކޮޅަށް ކުޅުނު މެޗުން ލއެިޕްޒިގުން ކާމިޔާބު ކުރީ 2-3 ގެ ނަތީޖާއިންނެވެ.

ރޭގެ މެޗުން ބަލިވި ނަމަވެސް ރެއާލް އަށް މާކުރިންވެސް އޮތީ ދެވަނަ ބުރު ޔަގީންވެފައެވެ. ލެއިޕްޒިގަށް ރޭގެ މެޗު ކާމިޔާބު ކުރެވުނު ނަމަވެސް އެޓީމަށް އަދި ދެވަނަ ބުރުގެ ޖާގައެއް ކަށަވަރެއް ނުވެއެވެ. އެޓީމަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ވާނީ އަންނަ ނޮވެމްބަރު މަހު ދެވަނަ ދުވަހު ރަށުން ބޭރުގައި ސަކްތަރާއި ދެކޮޅަށް ކުޅޭމެޗު އެއްވަރުކޮށްލައިގެން ނުވަތަ މޮޅެއް ހޯދައިގެންނެވެ. މި މެޗުން ބަލިވެއްޖެ ނަމަ ލެއިޕްޒިގަށް ދެވަނަ ބުރުގެ ފުރުސަތު ގެއްލޭނެއެވެ. އޭރުން ދެވަނަ ބުރުގެ ފުރުސަތު ލިބިގެންދާނީ ސަކްތަރަށެވެ.

ރޭގެ މެޗު ފެށިގެން ވަރަށް ގާތްގާތުގައި ލެއިޕްޒިގުން ވަނީ ދެ ލަނޑު ޖަހާ ލީޑު ނަގާފައެވެ. ފުރަތަމަ ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި ޖޮޝްކޯ ގްވާޑިއޯލް އެވެ. އަދި ދެވަނަ ލަނޑު 18 ވަނަ މިނެޓުގައި ޖަހައިދިނީ ކްރިސްޓޮފާ އުންކުންކޫއެވެ. މެޗުގެ ފުރަތަަ ހާފު ނިމުމުގެ ކުރިން ރެއާލްގެ ވިނީސިއަސް ޖޫނިއަރ ވަނީ ލަނޑެއް ކާމިޔާބު ކޮށް ރެއާލް އަށް އުންމީދު އާކޮށްދީފައެވެ. ނަމަވެސް މެޗުގެ 81 ވަނަ މިނެޓުގައި ޓިމޯ ވާނާ ވަނީ ލެއިޕްޒިގުގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީ ފަރަގު ބޮޑުކޮށްފައެވެ. ރެއާލުން ވަނީ މެޗުގެ އެންމެ ފަހު ވަގުތު ލިބުނު ޕެނަލްޓީއެއްގައި ލަނޑުޖަހާ ދެވަނަ ފަހަރަށް ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު ޖަހައިދިނީ ރޮޑްރީގޯއެވެ.

ރޭގެ މި ނަތީޖާއާއި އެކު ރެއާލް އޮތީ އެއްވަނާގައި 10 ޕޮއިންޓައި އެކުގައެވެ. ލެއިޕްޒިގް ދެވަނާގައި އޮތީ 9 ޕޮއިންޓާއި އެކުގައެވެ.