English Edition
Dhivehi Edition

އިއްޔެ އެންމެ ގިނައިން ވާރޭވުހުނީ ގދ. ތިނަދޫ އާއި ގދ. ކާޑެއްދޫއަށް ކަމަށް މެޓުން ބުނެފިއެވެ.

އެގޮތުން ފާއިތުވެ 24 ގަޑިއިރުތެރޭގައި ވާރޭ (މިލިމީޓަރ) ރެކޯޑުތަކަށް ބަލާއިރު ގދ. ތިނަދޫ އަށް 19.6 އަދި ގދ. ކާޑެއްދޫއަށް 14.1 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) ގެ ރެކޯޑްތަކުން ދައްކައެވެ. ތިންވަނައަށް އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރެކޯޑްކުރެވިފައިވަނީ ސ. ހިތަދޫއަށެވެ. އެއީ 6.6 އެވެ.

މިއަދުގެ މޫސުމަށް ބަލާލާއިރު މިއަދު އުތުރާއި ދެކުނުގެ ބައެއް ރަށްތަކަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާކަމަށާއި މެދުރާއްޖޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރުން އެކަށީގެންވާކަމުގައި މެޓުން ބުނެފިއެވެ.

ހުޅަނގުދެކުނާއި ހުޅަނގުން، މެދުރާއްޖެއާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް ބުނެފައިވެއެވެ.

މެދުރާއްޖެއާއި ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ބުނެފައިވެއެވެ. އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް މިއަދު އާދައިގެވަރަކަށް މަޑުވާނެކަމަށްވެސް ބުނެފައިވެއެވެ.

ރާޅުގެ އުސްމިން މިއަދު ހުންނާނެކަމަށް ލަފާކޮށްފައިވަނީ މެދުރާއްޖެއާއި ދެކުނުގައި ތިން ފޫޓާއި ހަ ފޫޓާއި ދެމެދު، އުތުރުގެ އަތޮޅުތަކުގައި ދެ ފޫޓާއި ފަސް ފޫޓާއި ދެމެދުގައެވެ.