English Edition
Dhivehi Edition

އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ޓްރާންސްފަރ އާއި ހަމައަށް ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދުމަށް ކުލަބަކުން ހުށަހެޅުމެއް ނާންނަނަމަ، ހިލޭ ޓްރާންސްފަރ އެއްގެ ދަށުން އޭނާ ދޫކޮށްލުމަށް މެންޗަސްޓަރ ޔުނައިޓެޑުން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

އީއެސްޕީއެސް އިން އާންމުކުރި ރިޕޯޓެއްގައިވާ ގޮތުގައި އަންނަ ޖެނުއަރީ މަހުގެ ޓްރާންސްފާގައި ޔުނައިޓެޑުން ހިލޭ ޓްރާންސްފާގައި ރޮނާލްޑޯ ދޫކޮށްލުމަށް އަންނަނީ މަޝްވަރާކުރަމުންނެވެ. އެންމެ ރަނގަޅު ހުސައެޅުމެއް ހުސައަޅާ ކުލަބަކަސް ޔުނައިޓެޑުން ރޮނާލްޑޯ ދޫކޮސްލާނެއެވެ. އަދި ހުސައެޅުމެއް ނުލިބިއްޖެ ނަމަ އެއްބަސްވުނަ ބާތިލް ކުރުމަށް ފަހު ރޮނާލްޑޯ ދޫކޮށްލަން ވެސް ޔުނައިޓެޑުން އޮތީ ތައްޔާރަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން ރޮނާލްޑޯ އާއި ޔުނައިޓެޑާއި ދެމެދު އޮތް ގުޅުން މިހާރު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ހާއްސަކޮށް ޔުނައިޓެޑުން ޓޮޓެންހަމް އާއި ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯގެ ފަރާތުން ފެނިގެންދިޔަ ކަންތައްތަކުގެ ސަބަބުން މި ގުޅުމަށް ބޮޑު ހީނަރުކަމެއް ވަނީ އައިސްފައިކަމަށް ރިޕޯޓުތައް ބުނެއެވެ.

މި މެޗުގައި ރޮނާލްޑޯގެ އަމަލުތައް ހުރި ގޮތުން ޔުނައިޓެޑުގެ ބޯޑުން ވަނީ ރޮނާލްޑޯއަށް ފިޔަވަޅުވެސް އަޅާފައެވެ. އެގޮތުން އެންމެ ފަހުން ޗެލްސީއާއި ދެކޮޅަށް ކުޅެން ޔުނައިޓެޑުން ނެގި ސްކޮޑުން ރޮނާލްޑޯ ބާކީ ކޮސްފައިވާއިރު، ރޮނާލްޑޯ މިވަުގުތު ފަރިތަކުރުންތައް ވެސް ކުރިޔަށް ގެންދަނީ ޔުނައިޓެޑުގެ 23 އަހަރުން ދަށުގެ ޓީމާއި އެކުގައެވެ.

ޗެލްސީ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ޓެން ހާގް ބުނެފައިވަނީ ރޮނާލްޑޯ އަކީ އޭނާގެ ޓީމުގައި އަދި ގޭމްޕްލޭނުގައި މުހިންމު ކުޅުންތެރިއެއް ކަމަށެވެ. އެހެންނަމަވެސް ޑިސިޕްލިނަރީ މައްސަލަތަކުގައި ފިޔަވަޅު އަޅާ، އެހެން ކުޅުންތެރިންނަށް ނަމޫނާ ދެއްކުމަށް ފަސް ނުޖެހޭނެކަމަށް އޭނާ ބުނެފައިވެއެވެ.