English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބްރެންޓްފޯޑާއި ދެކޮލަށް ކުޅުނު މެޗުން އެސްޓްން ވިލާ މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޣުގައި ކުޅުނު މި މެޗު އެސްޓަން ވިލާއިން ކާމިޔާބު ކުރީ 0-4 ގެ ނަތީޖާއިންނެވެ.

މިއީ އެސްޓަން ވިލާގެ ކޯޗުގެ މަގާމުގައި ހުރި ސްޓީވެން ޖެރާޑް މަގާމުން ވަކިކުރުމަށްފަހު އެޓީމުން ކުޅުނު ފުރަތަމަ މެޗެވެ. ޖެރާޑް މަގާމުން ވަކިކުރީ މި ސީޒަންގައި އެސްޓަން ވިލާއިން ހޯދަމުންދިޔަ ދަށް ނަތީޖާތަކުގެ ސަބަބުންނެވެ..

މެޗުގެ ދެވަނަ މިނެޓުގައި އެސްޓަން ވިލާއަށް ލީޑު ނަގައިދިނީ ލިއޯން ބެއިލޭއެވެ. އޭގެ އިރުކޮޅެއް ފަހުން ޑެނީ އިންގްސް ވަނީ ދެލަނޑު ޖަހައި އެސްޓަން ވިލާގެ ލީޑު ފުޅާކޮށްދީފައެވެ. އޭގެ ތެރެއިން އެއް ލަނޑަކީ ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. އެސްޓަން ވިލާގެ ފަހު ލަނޑު މެޗުގެ ދެވަނަ ހާފުގައި ޖަހައިދިނީ އޮލީ ވަޓްކިންސްއެވެ.

މި ނަތީޖާއާއެކު އެސްޓަން ވިލާ އޮތީ 12 މެޗުން ލިބުނު 12 ޕޮއިންޓާއެކު ތާވަލުގެ 14 ވަނަ މަގާމުގައެވެ. މެޗުން ބަލިވި ބްރެންޓްފޯޑް އޮތީ ހަމަ އެއަދަދަށް މެޗު ކުޅެގެން ލިބުނު 14 ޕޮއިންޓާއެކު 10 ވަނާގައެވެ.