English Edition
Dhivehi Edition

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ރޭ ށ. މިލަންދޫ އާއި ޓީސީ ސްޕޯޓްސް ކުލަބް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވި އިރު އއ.މާޅޮސް އަތުން އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ފަސޭހަ މޮޅެއް ހޯދައިފިއެވެ.

ލީގުގައި އެންމެ ކުޅުނު އެންމެ ފަހު ތިން މެޗުގައި ނެރުނުދަށް ނަތީޖާ ތަކުގެ ސަބަބުން ކޯޗު ކަމުން މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ ވަކިކުރުމަށްފަހު އެސިސްޓަންޓް ކޯޗު އަހުމަދު ސުޒޭރުގެ އިރުޝާދުގެ ދަށުން ކުޅުނު މާޒިޔާއިން މިމެޗު ކާމިޔާބުކޮށްފައިވަނީ 6-0ން ލަނޑުގެ ބޮޑުތަފާތަކުންނެވެ.

ލީގުގައި މާޒިޔާގެ ފަރާތުން އެންމެ މޮޅުކުޅުމެއް ފެނިގެންދިޔަ މިމެޗުގައި މާޒިޔާގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އިތުބާރު ފޯވާޑް މުހައްމަދު އުމެއިރު މިމެޗުގައި ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދާފައިވާއިރު މާޒިޔާގެ އަނެއް ތިން ލަނޑު ކާމިޔާބުކޮށްދީފައިވަނީ އައްސަދު އަލީއާއި ޔަޝްފާދު ހަބީބުގެ އިތުރުން ބިދޭސީ ކުޅުންތެރިޔާ ކެރިޗްއެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ރޭ ށ. މިލަންދޫ ދެ އާއި މިސީޒަންގައި މޮޅު ކުޅުމެއް ދައްކަމުންދާ ޓީސީ ސްޕޯޓްސް ކުލަބް ބައްދަލު ކުރިމެޗު ވަނީ ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެފައެވެ.

ރޭގެ މެޗުން މޮޅުވެ އެއްވަނާގައި އޮތް ނިއުރެޑިއެންޓާއި 2 ޕޮއިންޓަށް ކާރިކުރުމަށް ޓީސީއަށް ފުރުސަތު ލިބުނު މިމެޗުގައި ޓީސީގެ ފަރާތުން ވަނީ ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.

ރޭގެ މެޗުން ޓީސީ އެއްވަރު ވެފައިވުމުން ނިއުއިން ވަނީ 30 ޕޮއިންޓާއި އެކީ ލީގު ތާވަލްގެ އެއްވަނީގައި ހަތަރު ޕޮއިންޓްގެ ލީޑެއް ހޯދާފައެވއަދި މި މެޗުން ލިބުނު އެއް ޕޮއިންޓާ އެކު ޓީސީ 26 ޕޮއިންޓާއި އެކު ތާވަލްގެ ދެވަނަ މަގާމުގައި އޮތްއިރު އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އޮތީ 23 ޕޮއިންޓާ އެކު ތާވަލްގެ ތިން ވަނައިގައެވެ.