English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖެކްލިން ފެނާންޑޭޒް އިންޑިއާ ދޫކޮށް ފިލައިގެން ދާން އުޅުނު ކަަމަށް އެންފޯސްމަންޓް ޑައިރެކްޓްރޭޓް އިން ބުނެފިއެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލައެއްގައި ޖަލަށްލާފައިވާ ސުކޭޝް ޗަންދްރަޝޭކަރު އާއި ގުޅިގެން ޖެކްލިން މަނީ ލޯންޑަރިން ކުރިކަމަށް ތުހުމަތުކޮށްފައިވާއިރު ޖެކްލިން އިންޑިއާ ދޫކޮށް ދާން މަސައްކަތް ކުރީ ސުކޭޝްގެ މައްސަލައެއް ތަހުގީގު ކުރަމުން ދަނިކޮށެވެ.

ޖެކްލީން އަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލަ އަކީ ސުކޭޝް އަޑީގައި ހުރެގެން ހިންގާފައިވާ ކަމަށް ބުނާ 200 ކްރޯޑް ރުޕީސްގެ މައްސަލައެކެވެ.މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. މި މައްސަލައާއި ގުޅޭ ގޮތުން އީޑީން ވަނީ ޖެކްލިން ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށާއި އޭނާ އިންޑިއާ ދޫކޮށް ފިލައިގެންދާން މަސައްކަތްކޮށްފައިވާކަމަަށް ދިއްލީގެ ކޯޓެއްގައި ބުނެފައެވެ.

ސުކޭޝް އާއި ޖެކްލިންއާ ދެމެދު ގާތް ގުޅުމެއް އޮންނަކަމަށް ބާރު ލިބޭ ގިނަ ހެކިތަކެއް ފެނިފައިވާއިރު ކްލީން އަށް ސުކޭޝްގެ ފަރާތުންް އަގުބޮޑެތި ހަދިޔާތައް ލިބުނު ކަމަށްވެސް މީގެ ކުރިން ބޭރުގެ މީޑިއާ ތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ޖެކްލިންގެ އިތުރުން މި މައްސަލައިގައި ބަތަލާ ނޯރާ ފަތެހީގެ މައްޗަށްވެސް ވަނީ ގިނަ ތުހުމަތުތަކެއް ކޮށްފައެވެ