English Edition
Dhivehi Edition

ސްޕެނިޝް ލީގުގައި ރޭ ސެވިއްޔާއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް ލީގުގެ އެއްވަނާގައި ހަ ޕޮއިންޓްގެ ލީޑެއް ރެއާލް މެޑްރިޑުން ނަގައިފިއެވެ.

އަމިއްލަ ދަނޑުގައި ސެވިއްޔާއަތުން ރެއާލް މޮޅުވީ 1-3 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ރެއާލުން މެޗުގެ ފަސްވަނަ މިނެޓުގައި ލުކަ މޮޑްރިޗް ޖަހައިދިން ލަނޑުން ލީޑު ނެގިއިރު، ސެވިއްޔާއިން މެޗުގެ ނަތީޖާ އެއްވަރުކުރީ ފަހުހާފަށް ކުޅެން އަރައި މެޗުގެ 54 ވަނަ މިނެޓުގައި އެރިކް ލަމޭލާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ރެއާލުން ދެވަނަ ފަހަރަށް މެޗުގެ ލީޑު ނެގީ ވިނީސިއަސް ޖޫނިއަރ ތަނަވަސް ކޮށްދިން ފުރުސަތަކުން ލުކަސް ވަޒްކޭޒްއެވެ. ރެއާލްގެ ތިންވަނަ ލަނޑު ވަލްވަރުޑޭ ޖަހައިދިންއިރު، މި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސް ކޮށްދިނީ މާކޯ އެސެންސިއޯއެވެ.

ރޭގެ މޮ މޯޅާއި އެކު ރެއާލް އޮތީ ކުޅުނު 11 މެޗުން ލިބުނު 31 ޕޮއިންޓާއި އެކު ތާވަލްގެ އެއްވަނާގައެވެ. ދެވަނާގައި އޮތް ބާސެލޯނާއަށް ލިބެނީ 10 މެޗުން 25 ޕޮއިންޓެވެ. އަދި ތިން ވަނާގައި އޮތް ލިބެނީ 22 ޕޮއިންޓެވެ.