English Edition
Dhivehi Edition

ސްޕެނިޝް ލީގުގައި ރޭ ސެލްޓަ ވިގޯއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް ލީގުތާވަލްގެ އެއްވަނަ އަށް ބާސެލޯނާ އިން ޖެހިލައިފިއެވެ.

ރޭ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ބާސެލޯނާއިން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއިންނެވެ.

މެޗުގައި ބާސެލޯނާގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ 17 ވަނަ މިނެޓުގައި ސްޕެއިންގެ ޒުވާން މިޑްފީލްޑަރު ޕެޑްރީއެވެ. މި ލަނޑަށް ފަހު ވެސް ދެޓީމަށް ވެސް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް ނަތީޖާ ބަދަލުކޮށްލެވޭ ގޮތެއް ނުވެއެވެ.

މެޗުން މޮޅުވެ ބާސެލޯނާ އެއް ވަނައިގައި އޮތީ އަށް މެޗުން 22 ޕޮއިންޓު ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ޗެމްޕިއަން ރެއާލް މެޑްރިޑަށް ވެސް ލިބެނީ 22 ޕޮއިންޓެވެ. ނަމަވެސް ބާސެލޯނާ ކުރި ހޯދަނީ ފައިދާ ގޯލުންނެވެ. ތިން ވަނައިގައި އޮތީ އަށް މެޗުން 17 ޕޮއިންޓު ހޯދައިގެން އެތުލެޓިކޯ ބިލްބާއޯއެވެ. ހަތަރު ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ލިބެނީ 16 ޕޮއިންޓެވެ.