ދުވާލަކު 80 ގްރާމުގެ މޭވާ އާއި ތަރުކާރީ ކާނަމަ ތަފާތު ބަލިތައް ޖެހުމުން ދުރުކޮށްދޭކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ދިރާސާތަކުން ދައްކާ ގޮތުން ތަފާތު ވައްތަރުގެ މޭވާ ކާނަމަ ބަރުދަން ލުއިކޮށްދެއެވެ. ބަރުދަން ލުއިކުރުމަށް ކަސްރަތު ކުރުމުގެ އިތުރުން މޭވާ އާއި ތަރުކާރީވެސް ބޭނުންކުރަން ޖެހެއެވެ. ތިރީގައި މިގެނެސްދެނީ ބަރުދަން ލުއިކުރަން ބޭނުންނަމަ ބޭނުންކުރެވިދާނެ ބައެއް މޭވާތަކެވެ.
ކަރާ – ކަރާގައި 90 ޕަސެންޓް ހިމެނެނީ ފެނެވެ. ކަރަައަކީ ބަރުދަން ލުއިކޮށްދޭ އެއްޗެކެވެ. އެހެންކަމުން ބަރުދަން ލުއިކުރަން ބޭނުންވާނަމަ ގިނައިން ކަރާ ކާށެެވެ. ކަރާގައި އެމިނޯ އެސިޑް އެކުލެވޭއިރު އޭގެ ސަބަބުން ހަށިގަނޑުގައި ހުންނަ ސަރުބީ ވިރުވާލަދެއެވެ.
ފޭރު – ފޭރަކީ ޕްރޮޓީންސް އާއި ވިޓަމިންސްގެ އިތުރުން ފައިބާއިން މުއްސަނދިވެފައިވާ މޭވާއެކެވެ. އެހެންކަމުން ފޭރަކީ ބަރުދަން ލުއިކުރުމަށް އެހީވެދޭ އެއްޗެކެވެ.
އާފަލު – އާފަލަކީވެސް ބަރުދަން ލުއިކޮށްދޭ އެއްޗެކެވެ. ދުވާލަކު އާފަލައެއް ކާނަމަ ހަށިގަނޑަށް ބޭނުންވާ 4.4 ގްރާމުގެ ފައިބާ ލިބެއެވެ. ނިއުޓްރިޝަން ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނެފައި ވަނީ ކެއުމުގެ ކުރިން އާފަލެއް ނުވަތަ ޕިއާސްއެއް ކާނަމަ ބަރުދަން ލުއިކޮށްދެއެވެ.
ގްރޭޕްފުރުޓް – ގްރޭޕްފުރުޓުނަ ގިނަ އަދަދަކަށް ވިޓަމިން ސީ އާއި ފޮލިކް އެސިޑްގެ އިތުރުން ޕޮޓޭޝިއަމް ލިބެއެވެ. ކެއުމުގެ 30 މިނެޓް ކުރިން ގްރޭޕްފުރުޓެއްގެ އެއްފަޅި ކާލާށެެވެ. އޭރުން ބަރުދަން ލުއިކުރުމަށް އެހީވެދޭނެ އެެވެ.