English Edition
Dhivehi Edition

ޔުއެފާ ނޭޝަންސް ލީގުގައި ރޭ އިޓަލީ އަތުން ބަލިވެ، އިންގްލެންޑް ނޭޝަންސް ލީގުގެ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެއްޖެ އެވެ.

އިޓަލީން އަމިއްލަ ދަނޑުގައި އިންގްލެންޑް އަތުން މޮޅުވީ 1-0 ގެ ނަތީޖާއިންނެވެ.

އިޓަލީ އަތުން ބަލިވެ، އިންގްލެންޑް ދެވަނަ ޑިވިޝަނަށް ރެލިގޭޓްވިއިރު، އެޓީމުން މިހާތަނަށް ނޭޝަންސް ލީގުގައި ކުޅުނު އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ. މި ގްރޫޕްގައި ބާކީ އެއް މެޗު އޮތް ނަމަވެސް އިންގްލެންޑް ރެލިގޭޓްވުމުން، އެ ޓީމު ދެން އަންނަ ނޭޝަންސް ލީގު އެޓީމުން ފަށަން ޖެހޭނީ ދެ ވަނަ ޑިވިޝަނުންނެވެ. އެގޮތުން 2024 ވަނަ އަހަރުގެ ޔޫރޯ ކޮލިފައިންގައި ގުރުއަތުލުން ބާއްވާއިރު، އިންގްލެންޑް ހިމެނޭނީ ދެ ވަނަ ޕޮޓުގައެވެ.

އިޓަލީ އަދި އިންގްލެންޑް ބައްދަލުކުރި މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެއެވެ. ރޭގެ މެޗުގައި އިޓަލީގެ ހަމައެކަނި ލަނޑު ޖެހީ ފަހުހާފުގެ 68 ވަނަ މިނެޓުގައި ޖިއަކޯމޯ ރަސްޕަޑޯރީ އެވެ. މި ލަނޑު އޭނާ ޖެހީ ކެޕްޓަން ލެއޮނާޑޯ ބޮނޫޗީ ދިން ބޯޅައަކުންނެވެ.

ރޭގެ މޮޅާއި އެކު އިޓަލީ ދެ ވަނައިގައި އޮތީ ފަސް މެޗުން އަށް ޕޮއިންޓް ލިބިގެންނެވެ.