English Edition
Dhivehi Edition

ކުރީގެ ޗީފް އޮފް ޕްރޮޓޮކޯލް މުޙައްމަދު އަޙްމަދު އުމުރުފުޅުން 72 އަހަރުގައި އަވަހާރަވެއްޖެއެވެ.

މުޙައްމަދު އަޙްމަދު ވަރަށް ގިނަ ދުވަސްތަކެއްވަންދެން އާލާސްކަންފުޅާއި އުޅުއްވުމަށްފަހު ނިޔާ ވެފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައިއެވެ.

މުޙައްމަދު އަޙްމަދަކީ މެދުކެނޑުމެއްނެތި 42 އަހަރު ދިވެހި ދައުލަތަށް ހިދުމަތް ކުރެއްވި ބޭފުޅެކެވެ. ރާއްޖޭގެ ޚާރިޖީ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ މުޙައްމަދު އަޙްމަދު ވަނީ އިމިގްރޭޝަން ޑިޕާޓްމެންޓާއި، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެވަވަޑައިގެން ޚިދުމަތް ކުރައްވާފައެވެ.

މުޙައްމަދު އަޙްމަދު އަވަހާރަވުމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ އަވަހާރަވި ޚަބަރު ލިބުމުން އެކަމާ ހިތާމަ ކުރައްވާ ކަމަށާއި އޭނާގެ ޚިދުމަތް އުފަލާއެކު ބަލައިގަންނަ ކަމަށެވެ.