English Edition
Dhivehi Edition

އެއްޖިއްސުން ގުޅުން ހިންގިކަމަުގެ ކުށް ސާިތުވެފައިވާ ނާޒިމް ޢަބްދުއްސައްތާރަށް މާދަމާ ހުކުމް އިއްވުމަށް ތާވަލުކޮށްފިއެވެ.

ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާއެކު، އެއްޖިންސުން ޖިންސީ ގުޅުން ހިންގި ކަމުގެ ކުށް ސާބިތުވެފައިވާ ނާޒިމް ޢަބްދުއްސައްތާރަށް ހުކުމް ކުރުމުގެ އަޑުއެހުން އޮންނާނީ މާދަމާ ހަވީރު 4:30 ގައި ކުރިމިނަލް ކޯޓުގައެވެ.

ނާޒިމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގެ އަސާސީ އަދަބަކީ، ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އެހެންނަމަވެސް އޭނާ ކުށަށް އިއުތިރާފުވެފައިވާތީ އެއް ދަރަޖަ ލުއިކޮށް، އޭނާގެ މައްޗަށް މިހާރުއަންނާނީ ހަތް މަހާއި ހަ ދުވަހުގެ ހުކުމެކެވެ. އަދި ބަންދުގައި އޭނާ ހަތް ދުވަސް ހޭދަކޮށްފައިވުމުން އެ މުއްދަތު ވެސް ހުކުމުން އުނިވާނެއެވެ.

އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އަލަމްގީރް އާއި ނާޒިމް ސައްތާރާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓުގެ އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރި އަބްދުއްރަހުމާން ރަފީއު އާއި މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާ ކުރިއެވެ.

އަބްދުއްރަހުމާން ރަފީއު އާއި ނަޝީދުގެ މައްސަލައިގެ އަޑުއެހުންތައް ވެސް ވަނީ ފަށައިފައެވެ.

މި މައްސަލައިގައި އަލަމްގީރަށް ކުރި ދައުވާގައި އޭނާ ކުށަށް އިއުތިރާފުވެފައިވާތީ، ހަތް މަހަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް ހުކުމްކޮށްފައެވެ.