English Edition
Dhivehi Edition

ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގެ މެޗުތަކުގެ ކުޅުން މިތޭ ފެށޭއިރު، ލިވަޕޫލް އަދި ނަޕޮލީ ބައްދަލުކުރާ މެޗުގައި ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން ނުކުޅޭނެއެވެ.

ހެންޑަސަން މިރޭގެ މެޗުގައި ނަޕިލީއާއި ދެކޮޅަށް ނުކުޅެނީ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުންނެވެ.

އެނެމް ފަހުން ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުގައި ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއާއި ގުޅިގެން ހެންޑަސަން ކުޅުމާއި ދުރަށް ދާންޖެހުނުއިރު، އަނިޔާއިން ރަނގަޅުވެ އޭނާއަށް އެންމެ އަވަހަށް ވެސް ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނެ ކަމަށް ބެލެވެނީ އަންނަ އޮކްޓޫބަރ މަސް ފެށޭ ހިސާބުގައެވެ.

ލިވަޕޫލުން އާންމުޖުރި ބަޔާނެއްގައި ވާގޮތުން ހެންޑަސަން ގެ އަނިޔާއާ ބެހޭ ތަފްސީލް ރިޕޯޓް މިހާރު ވަނީ ލިބިފައެވެ. އެ ރިޕޯޓުގައި ވާގޮތުން އޭނާގެ އަނިޔާއިން ރަނގަޅުވާން މަދުވެގެން ތިން ހަފްތާގެ މުއްދަތެއް ނަގާނެއެވެ.