English Edition
Dhivehi Edition

ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ހިންގަމުން އަންނަ 4 އެއަރ ޕޯޓެއްގައި ލަގެޖް ސްކްރީނިން މެޝިންތަކެއް ބަހައްޓާ އެއާޕޯޓުތަކުގެ ސަލާމަތީ ފެންވަރު އިތުރަށް ވަރުގަދަކޮށްފިއެވެ.

މި މެޝިންތައް ބެހެއްޓީ، ހދ. ކުޅުދުއްފުށީ އެއާޕޯޓް، ށ. ފުނަދޫ އެއާޕޯޓް، ފުވައްމުލައް ސިޓީ އެއާޕޯޓުގެ އިތުރުން ގދ. މާވަރުލު އެއާޕޯޓުގައެވެ.

އާދިއްތަ ދުވަހު ޑިފެންސް މިނިސްޓްރީ އިން ވަނީ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ހިންގަމުންއަންނަ 4 އެއަރ ޕޯޓެއްގައި ބެހެއްޓި މެޝިންތައް ބޭނުންކުރުމުގެ ހުއްދަދީފައިވާކަން ހާމަކޮށްފައެވެ.

މިނިސްޓްރީން ވިދާޅުވީ މި ފަހަރު އަލަށް ބެހެއްޓި މެޝިންތަކާއެކު ރީޖިނަލް އެއާޕޯޓް ބޭނުން ކުރަމުން އަންނަ ހުރިހާ އެއާޕޯޓެއްގައި ބޭނުންކުރާ ސްކްރީނިން މެޝިންތަކަކީ ޑިފެންސް މިނިސްޓްރީގެ ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ)އިން އެކުލަވާލާފައިވާ “މޯލްޑިވްސް އޭވިއޭޝަން ސެކިއުރިޓީ ސްކްރީނިން ޓެކްނޮލޮޖީ” ލިސްޓްގައި ހިމެނޭ އެކްސްރޭ މެޝިންތަކެއް ކަމަށެވެ.

މި މެޝިންތަކަކީވެސް ރެޕިސްކޭން ބްރޭންޑްގެ މެޝިންތައް ކަމަށް ވާއިރު، އެ އެބްރޭންޑްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ އަދި ސަރވިސް ޕްރޮވައިޑަރއަކީވެސް އާރ.އޭ.ސީ.އެލްއެވެ. އެހެންކަމުން މި ސްކްރީނިން މެޝިންތަކަށް ދިމާވާ މައްސަލަތަކަށް އަވަސް ހައްލެއް ލިބިގެންދާނެއެވެ.