English Edition
Dhivehi Edition
މޯލްޑިވްސް އިންލަންޑް އޮތޯރިޓީ (މީރާ) - ފޮޓޯ: މިހާރު

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އޮފީސް ފަޅާލައި މިދިޔަ މަހުގެ ތެރޭގައި 25ރ. ވަގަށް ނެގި މީހާ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. ފުލުހުން މިހެން ބުނިނަމަވެސް އޭނަގެ ވަނަވަރެއް ހާމަކުރައްވާފައި ނުވެ އެވެ. އެ މިހާ މީރާ ފަޅާލައިގެން ވަދެފައިވަނީ މިދިޔަ މަހުގެ 9 ދުވަހު ކުޑަ ދޮރެއް ތަޅާލައިގެންނެވެ.

މީރާ އޮފީސް ފަޅާލުމުގެ އެ މީހާ އަކީ 2014 އިން ފެށިގެން މި އަހަރުގެ ޖުލައި މަހާ ހަމައަށް ހުކުމެއް ވެސް ތަންފީޒުކުރި މީހެކެވެ. މި މައްސަލަޔާއި ގުޅިގެން އެ ފިރިހެން މީހާގެ ބަންދައް ކްރިމިނަލް ކޯޓުން މިހާރު ވަނީ 45 ދުވަސް ޖަހާފައިއެވެ.

މިރާއިން އިން ޓެކްސް ފައިސާ ބަލައިގަތް ނަމަވެސް ކައުންޓަރުތަކުގައި އެއްވެސް އިރަކު ފައިސާ ނުބައްޓައެވެ.