English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލީޑްސް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ ބަލިވެެއްޖެއެވެ.

ލީޑްސް ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ޗެލްސީ ބަލިވީ 0-3 ގެ ނަތީޖާއިންނެވެ.

ލީގުގައި މިހާތަނަށް ޗެލްސީން ތިން މެޗު ކުޅެފައިވާއިރު، އެޓީމަށް މޮޅެއް ހޯދުނީ އެންމެ މެޗަކުންނެވެ. އެއީ ލީގުގައި ފުރަތަމަ އެވަޓަންއާއި ދެކޮޅަށް ކުޅުނު މެޗުންނެވެ. ލީގުގެ ދެވަނަ މެޗުގައި ޓޮޓެންހަމް އާއި ދެކޮޅަށް ކުޅުނު މެޗު ވީއެއްވަރެވެ. އެހެން ކަމުން މިރޭގެ މި ބައްޔާއި އެކު ޗެލްސީ ވަނީ ތާވަލުގެ 13 ވަނަ އަށް ވެއްޓިފައެވެ. އަދި ޗެލްސީ އަތުން މޮޅުވި ލީޑްސް ޔުނައިޓެޑު ވަނީ ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ޗެލްސީގެ ފަރާތުން ދައްކުޅުމެއް ފެނިގެން ދިޔައިރު، ލީޑްސް ޔުނައިޓެޑުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ 33 ވަނަ މިނެޓުގައި ބެރެންޑެން އާރޮންސޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ލީޑްސް އިން މި ލަނޑު ޖެހިތާ މިނެޓެއްވެސް ނުވަނީސް ރޮޑްރިގޯ މޮރޭނޯ ވަނީ އިތުރު ލަނޑެއް ޖަހާ ލީޑްސްއަށް ލީޑު ފުޅާކޮށްދީފައެވެ. ލީޑްސްގެ ތިންވަނަ ލަނޑު ޖެހީ މެޗުގެ ފަހު ހާފުގެ 69 ވަނަ މިނެޓުގައި ޖެކް ހެރިސަންއެވެ.

މި މެޗުން ޗެލްސީ ތަފާތު ބޮޑުކޮށް ލީޑްސްއަތުން ބަލިވިއިރު، މެޗުގެ 84 ވަނަ މިނެޓުގައި މި ސީޒަނަށް ޗެލްސީއާ އަލަށް ގުޅުނު ކަލިޑޫ ކަޮލިބަލީއަށް ވަނީ ދެވަނަ ރީނދޫ ކާޑާއި އެކު ރަތްކާޑުދައްކާ ދަނޑުން ފޮނުވާލާފައެވެ. މި މެޗަށް ޗެލްސީން ނިކުތީ އެޓީމުގެ ހެޑް ހޯޗު ތޯމަސް ޓުޗެލްއާއި ނުލައެވެ. ޓުޗެލް އަށް މި މެޗު ގެއްލުނީ އެޓީމު އެންމެ ފަހުން ޓޮޓެންހަމާއި އެކު ކުޅުނު މެޗުގައި ކޮންޓޭއާއި ޓުޗެލްއާއި ދެމެޗު ހިނގި ހަމަނުޖެހުމެއްގެ ސަބަބުން ދެއްކި ރަތްކާޑާއި އެކު ލިބުނު ސަސްޕެންސަނުގެ ސަބަބުންނެވެ.