English Edition
Dhivehi Edition

ގދ. ނަޑެއްލާގައި ހުރި 26 އަހަރުވީ އިންޖީނުގޭގެ ބަދަލުގައި އާ އިންޖީނުގެއެއް ހުޅުވައިފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ އެރަށުގައި ނަޑެއްލާގައި ކުރިންހުރީ 120 ސްކްއަރ މީޓަރު ގެ އިންޖީނުގެއެއް ކަމަށެވެ. ނަމަވެސް އާ އިންޖީނުގޭގެ ބޮޑުމިނުގައި 223.80 ސްކްއަރ މީޓަރ ހުންނާނެ ކަމަށެވެ. އަދި މި އިންޖީނުގޭގައި 4 މުވައްޒަފުން އަދި އޮފީސް އިމާރާތުގައި 25 މުވައްޒަފުން އެކޮމޮޑޭޓް ކުރެވި، މަސައްކަތް ކުރެވޭނެ ކަމަށެވެ.

އޮފީސް ޢިމާރާތުގައި މީޓިންގ ރޫމަކާއި މެނޭޖަރ ރޫމަކާއި ރިސެޕްޝަން އެންޑް ލޮބީ އޭރިއާ އަކާއި ޖެނެރަލް އޮފީސް ހުރެއެވެ. އަދި ސްޓޯރ ރޫމަކާއި ޕޭންޓްރީ އަދި 4 ފާޚާނާ ހުރެއެވެ.

މީގެ އިތުރުން އިންޖީނުގޭގައި ޑެގް ރޫމަކާއި ކޮންޓްރޯލް ރޫމަކާއި ވޯކް ޝޮޕަކާއި ސްޓޯރ، ޕޭންޓްރީ، ފާޚާނާ، ޗިމްނީ، ޑޭ ޓޭންކް އަދި ޑީސަން ޓޭންކް ހިމެނޭ ކަމަށް ފެނަކައިން ބުނެއެވެ.

288 ކވ ކަރަންޓުދެމުން އައި މި އިންޖީނުގޭގެ މިހާރުގެ ކެޕޭސިޓީއަކީ 538 ކވ އެވެ. އަދި މި އިންޖީނުގެ ފަރުމާކުރެވިފައިވަނީ 400 ކވ ގެ ތިން ޖެން ސެޓް ބެހެއްޓޭގޮތަށެވެ.