English Edition
Dhivehi Edition

ފުވައްމުލައް ސިޓީ އެއާޕޯޓް އާއި ބަނދަރު ސަރަހައްދުގައި އެ ސީޓި ރަމްޒުކޮށްދޭ މޮނިއުމެންޓެއްބެހެޓުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ ފުވައްމުލައް ސިޓީ އެއާޕޯޓް އާއި ބަނދަރު ސަރަހައްދުގައި އެ ސީޓި ރަމްޒުކޮށްދޭ މޮނިއުމެންޓެއް ބެހެޓުމަށް ބޭނުންވާ ކޮންސެޕްޓް ޑިޒައިން އެކުލަވާލުމަށް ހިޔާލު ހުށެހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އިތުރަށް ކައުންސިލުން ބުނީ ފަރުމާކުރާ މޮނިއުމެންޓް ވާންވާނީ އިސްލާމްދީނުގެ އަސްލުތަކާއި ރާއްޖެގެ ގާނޫނުތަކާއި، ގަވައިދުތަކަށް ފެތޭގޮތަށް ފަރުމާކުރާ މޮނިއުމެންޓަކަށް ކަމަށެވެ. އަދި މޮނިއުމެންޓް ވާންވަނީ އެ ސިޓީއަކީ ޑައިވިން މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓްކުރެވޭފަދަ ކޮންސެޕްޓަކަށް ކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ.

މި ކަމަށް ޟައުގުވެރިވާ ފަރާތްތަކުން މި މަހުގެ 25 ވަނަ ދުވަހުގެ ކުރިން ކޮންސެޕްޓް ޑިޒައިން ނުވަތަ ހިޔާލު ހިއްސާކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ.