English Edition
Dhivehi Edition

މެންޗެސްޓަރ ޔުނައިޓެޑުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ގުޅޭ ގޮތުން މީޑިއާތަކުގައި ހަދަނީ ދޮގު ކަމަށާއި، އޭނާއާއި ގުޅޭ ގޮތުން ތެތުރޭ 100 ވާހަކައިގެ ތެރެއިން ތެދުވެފައި އޮންނަނީ އެންމެ ތިން ވާހަކަ ކަމަށް އޭނާ ބުނެފިއެވެ.

އިންސްޓަގްރާމުގައި ރޮނާލްޑޯ އާންމު ކުރި ޕޯސްޓެއްގައި ރޮނާލްޑޯ ބުނެފައިވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޓީވީ މެދުވެރިކޮށް އިންޓަވިއުއެއް ދޭނެ ކަމަށާއި އަދި މީޑިއާއިން އޭނާއާއި ގުޅޭގޮތުން ހަދަނީ ދޮގުކަން ވަރަށް ރަނގަޅަށް ހާމަކޮށްދޭނެ ކަމަށެވެ. އަދި މީގެ ކުރީގައި ރޮނާލްޑޯ ދެއްކި ވާހަތައް ނޯޓު ފޮތެއްގައި ނޯޓު ކުރެވިފައި އެބަ ހުރިކަމަށާއި މުސްތަގުބަލާ ގުޅޭ ގޮތުންވެސް އަދި އެހެން ކަމަކާއި ގުޅޭ ގޮތުންވެސް މީޑިއާގައި ފަތުރަނީ މުޅިން ދޮގު ޚަބަރުކަމަށް ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ އިތުރަށް ބުނީ އޭނާއާއި ގުޅޭ ގޮތުން މީޑިއާގައި ފަތުރާފައިވާ ކޮންމެ ސަތޭކަ ވާހަކައެއްގެ ތެރެއިން ތެދު ބަޔާންކޮށް ފައި ހުންނަނީ އެންމެ ފަސް ވާހަކަކަމަށެވެ. ދެން ބާކީ ހުރި ވާހަކަތަކުގައި ހުންނަނީ ދޮގު ބުނެފައިކަމަށެވެ.

ނިމުނު ސީޒަނަށްފަހު ރޮނާލްޑޯ ވަނީ ޔުނައިޓެޑު ދޫކޮށްލަން ބޭނުންވާކަން ކުލަބަށް އަންގާފައެވެ. ޓީމު ދޫކޮށްލަން ބޭނުންވާކަން ހާމަކޮށް، ރޮނާލްޑޯ ވަނީ އަމިއްލަ އާއިލީ ސަބަބަކާ ހެދި ކަމަށް ބުނެ ޔުނައިޓެޑުގެ ޕްރީ ސީޒަންގެ ފަރިތަކުރުތަކަށް ވެސް އޭނާ ހާޒިރުވެފައެއް ނުވެއެވެ.

ޓީމު ދޫކޮށްލަން ރޮނާލްޑޯ ނިންމުމާއެކު އޭނާގެ އެޖެންޓު ޖޯޖް މެންޑޭސް އަންނަނީ އެކި ކުލަބުތަކަށް އޭނާ ގެންދިޔުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އޭގެ ތެރެއިން އެއްވެސް ކުލަބަކުން މިހާތަނަށް ހުށަހެޅުން ޤަބޫލުނުކުރާ ކަމަށް ރިޕޯޓުތައް ބުނެއެވެ.