English Edition
Dhivehi Edition

ހޮލީވުޑްގެ ކާމިޔާބު ފިލްމު، “ފޮރެސްޓް ގަމްޕް” ގެ ހިންދީ ރިމޭކް، “ލާލް ސިންގް ޗައްދާ” އަށް ސިނަމާގައި މާބޮޑު ތަރުހީބެއް ލިބެމުން ނުދާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އާމިރް ޙާން އާއި ކަރީނާ ކަޕޫރު ލީޑް ރޯލުން ފެނިގެންދާ މި ފިލްމު ސިނާމާގައި އަޅުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި ފިލްމަށް ފުރަތަމަ ދުވަހު ލިބިފައި ވަނީ 12 ކްރޯޑް ރުޕީސް އެވެ. މި ފިލްމު ސިނަމާގައި ދައްކަން ފެށިތާ ދެ ދުވަސް ވެފައިވާއިރު، މި ފިލްމަށް ލިބޭ ތަރުހީބު ކުޑަވެ މި ފިލްމު ފްލޮޕް ވެދާނެކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ.

‘ތަގްސް އޮފް ހިންދުސްތާނު’ ގެ ނާކާމިޔާބަށް ފަހު އާމިރުގެ މި ފިލްމުވެސް ބޮޑު ފްލޮޕަކަށް ވެދާނެކަމުގެ ބިރު ހީވެފައިވާއިރު، މީގެ ކުރިން ދިން އިންޓަވިއުއްގައި އާމިރު ވަނީ މި ފިލްމު ރިލީޒް ކުރުމުން ލިބޭނެ ކޮމެންޓްތައް އަޑުއަހާ ހިތުން ނުނިދޭ ކަމަށް ބުނެފައެވެ.

މި ފިލްމު ރިލީޒްކުރުމުގެ ކުރިންވެސް ގިނަ ބަޔަކު މި ފިލްމު ބޮައިކޮޓްކުރުމަށް ގޮވަމުން ދިޔައިރު، ފިލްމުގައި އާމިރު (54އ) ގެ މަންމަގެ ރޯލުން އުމުރުން 40 އަހަރުގެ މޯނާ ސިންގް ފެންނާތީވެސް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ.