English Edition
Dhivehi Edition

ގިނަ އަދަދެއްގެ ފިރިހެނުންނާއެކު އެއް ޖިއްސުން ގުޅުން ހިންގި، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރަކީ ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަން (އާރުސީސީ)އިން ގެނައި މީހެއް ނޫން ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްޑީ އަލަމްގިރަކީ އާރުސީސީ އިން ގެނައި މީހެއްކަމަށް ބުނެ ދެކެވޭ ވާހަކަތައް އެ ކުންފުނިން ވަނީ ދޮގުކޮށްފައެވެ. މި ގޮތުން އާރުސީސީ އިން ކުރި ޓުވިޓެއްގައި ބުނީ އަލަމްގިރަކީ އާރުސީސީން ރާއްޖެ ގެނެސް އެ ކުންފުނީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މީހެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައްކާ ވާހަކަތަކުގައި ހަގީގަތެއް ނެތްކަމަށެވެ.

އެ ވާހަކަތައް ދޮގުކޮށް އާރުސީސީ އިން ވަނީ މިފަދަ ވާހަކަތައް ބަލައި ނުގަނެވޭނެކަމަށް ބުނެފައެވެ. އަދި މިފަދަ ވާހަކަތައް ފަތުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގައިވެސް އެ ކުންފުނިންވަނީ ބުނެފައެވެ.

އަލަމްގިރި އެއް ޖިއްސުން ގުޅުން ހިންގި މީހުންގެ އަދަދު 200 އަށް ވުރެ ގިނަ އިރު، މި ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމުގެ އަމަލުތައްވެސް އަންނަނީ ހިންގަމުންނެވެ. އަދި މިފަދަ ފާހިޝް އަމަލުތައް ހިމެނޭ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، މިއީ މިކަން ޕްރޮމޯޓްކުރުމަށް އިތުރު ހިތްވަރެއް ލިބިގެން ހިނގައިދާނެކަމެއްކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

ޓެގު