English Edition
Dhivehi Edition

މާލޭގެ ގެއެއްގައި އަނިޔާވެރިގޮތަކަށް އަންހެނަކު މަރާލައިފައި އޮއްވާފެނިއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ޗީބޯ ކެފޭ ހުންނަ ބުނެރިވމަގުގައި ހ.ޝީރީންވިލާގޭ 9ވަނަ ފަންގިލާގައެވެ.

އެ މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ ދިވެހި ފިރިހެނަކު ކުށުގެ ވެށިން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭނާ ހައްޔަރުކުރި އިރު ހުރީ ޕީޕީއީ ކިޓުގައެވެ.

އެ ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ފ.ނިލަންދޫ، ފިނިފެންމާގޭ އަލީ ޝާހިލް، 22 އެވެ. އަދި މަރާލާފައި އޮއްވާ ފެނުނީ ޏ.ފުވައްމުލަކު، ކުރި، ޝިއާއު މުޙައްމަދު ސަޢީދެވެ

ޝާހިލް އަކީ 2002 ގެ މެދުތެރެއިން ފެށިގެން ސްކޭޓް ކުރަމުން އަންނަ 23 އަހަރުގެ ޒުވާނެކެވެ.

މަރުގެ ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ ދަންވަރު 11:30 ހާއިރު އެވެ. ފުލުހުން ގޮސް، އެ ސަރަހައްދުން ޝާހިލް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭނާ ވެސް އެ ގޭތެރެ އަށް ވައްދައި ފަހުން ފުލުހުންގެ ކާރެއްގައި ވަނީ ފުލުހުންގެ މަރުކަޒަށް ގެންގޮސްފަ އެވެ.

އެނގިފައިވާ ގޮތުގައި ހަމަލާގައި ޝިއާއުގެ ހަށިގަނޑުގެ ބައިތައް ވަނީ ވަކިކޮށްލާފައެވެ. އެގޮތުން، އޭނާގެ އަތާއި، ފައި އެއްކޮށް ބުރިކޮށްލާފައިވާއިރު، ކަރަށް ވެސް ވަނީ ފުން ހަމަލާތަކެއް ދީފައެވެ.