English Edition
Dhivehi Edition

ހޮރައިޒަން އެކަޑަމީން އިންތިޒާމްކޮށްގެން އައްޑޫގެ ސްކޫލްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ “ހޮރައިޒަން އެކަޑަމީ ޓީޗަރސް އޯޕެންސް ބެޑްމިންޓަން ޓޯނަމެންޓް”ގެ އަންހެން ޑަބަލްސް ގުލްފިޝާމް އާއި އަޖުމީގެ ޕެއާ ކާމިޔާބުކޮށްފިއެވެ.

މިމަހުގެ 22ން 25ގެ ނިޔަލަށް ހޮރައިޒަން އެކަޑަމީގެ އިންޑޯ ހޯލްގައި ކުރިއަށްދާ މިމުބާރާތުގެ އަންހެން ޑަބަލްސް ގުލްފިޝާމް އާއި އަޖްމީ ކާމިޔާބުކޮށްފައިވަނީ ރޭ ކުޅުނު ފައިނަލްގައި އާންތު އާއި ޒީނަތާއި ބައްދަލުކޮށް 2-0ން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

އައްޑޫ ސްކޫލް ތަކުގައި މަސައްކަތް ކުރާ ޓީޗަރުންގެ މެދުގައި ބެޑްމިންޓަން ލޯބި އުފެދުމުގެ މަގްޞަދުގައި ހޮރައިޒަނުން ކުރިއަށް ގެންދާ ޓީޗަސް މުބާރާތުގެ އަންހެން ޑަބަލް ފައިނަލް ރޭ ކުޅެފައިވާ އިރު، މިރޭ މުބާރާތުގެ ބާކި ހުރި މެޗުތަކުގެ ފައިނަލް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މިރޭ ކުޅޭ ފުރަތަމަ ފައިނަލްގައި 20:30ގައި ބައްދަލުކުރާނީ ފިރިހެން ސިންގަލްގައި މެތުއާއި އަންޝަދުއެވެ. ދެވަނަ ފައިނަލްގައި އަންހެން ސިންގަލް އޮންނަ އިރު މިރޭ ކުޅޭ ތިންވަނަ ފައިނަލްގައި 21:30ގައި ބައްދަލުކުރާނީ ފިރިހެން ޑަބަލްސް މެޗުގައި އަބްދުލް ރަހްމާން އާއި މެމެތުގެ ޕެއާ އަދި އަންޝަދު އާއި އަޖޯގެ ޕެއާއެވެ. މިރޭ ކުޅޭ ފަހުމެޗުގައި މިކްސް ޑަބަލް ފައިނަލް ކުޅޭ އިރު މިމެޗު ގައި މިރޭ 22:00ގައި ބައްދަލުކުރާނީ ޕްރަޝާންތް އާއި ޒީނަތުގެ ޕެއާއި އަބްދުލް ރަޙްމާން އާއި ރައުފާގެ ޕެއާއެވެ.

އައްޑޫގައި ބެޑްމިންޓަން ކުރިއެރުވުމުގެ މަގްޞަދުގައި އުފެއްދި ޖަމިއްޔާ ހޮރައިޒަން އިން ވަނީ ޓީޗަސް މުބާރާތުގެ އިތުރުން ބެޑްމިންޓަންގެ ފޯރިގަދަ ތިން މުބާރާތެއް މިއަހަރުވެސް ބާއްވާފައެވެ.

ހޮރައިޒަން މއަހަރު ބާއްވާފައިވާ ތިން މުބާރާތަކީ އިންޓަރ އޮފީސް މުބާރާތަކާއި،ހޮރައިޒަން އޮޕެންސް ޓޯނަމަންޓް އާއި ރޯދަ ހިއްވަރުގެ ނަމުގައި ހޮރައިޒަން ކުރިއަށް ގެންދިޔަ މުބާރާތެއެވެ.