English Edition
Dhivehi Edition

ހޮރައިޒަން އެކަޑަމީން އިންތިޒާމްކޮށްގެން އައްޑޫގެ ސްކޫލްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ “ހޮރައިޒަން އެކަޑަމީ ޓީޗަރސް އޯޕެންސް ބެޑްމިންޓަން ޓޯނަމެންޓް” ރޭ ފަށައިފިއެވެ.

އައްޑޫ ސިޓީގައި ޒުވާން ހުނަރުވެރި ކުޅުންތެރިން އުފެދުމަށް އައްޑޫގައި އެންމެ ފުރަތަމަ އުފެދުނު ބެޑްމިންޓަން ޖަމިއްޔާ ހޮރައިޒަން އެކަޑަމީގެ އިންޑޯ ހޯލްގައި ފެށި މިމުބާރާތުގައި މިއަހަރު 35 ކުޅުންތެރިން ބައިވެރިވެފައިވާއިރު މިމުބާރާތް ކުރިއަށް ދާނީ މިމަހުގެ 22ން 25ގެ ނިޔަލަށެވެ.

ޓީޗަރސް ޓޯނަމެންޓްއާއި ބެހޭގޮތުން އޭއޯ ނިއުސްއަށް މައުލޫމާތު ދެމުން ހޮރައިޒަންގެ ރައީސާ އައިޝަތު ޒަބީނާ ބުނީ މިމުބާރާތުގެ އެންމެ ބޮޑު މަގުސަދަކީ އައްޑޫ ސިޓީގެ ޓީޗަރުންގެ މެދުގައި އޮންނަ ގާތް ގުޅުން ބަދަހިކުރުމަށާއި ޓީޗަރުންނަކީ ގިނަ ވަގުތުގައި ބިޒީ ޝެޑިއުލް އެއްގައި މަސައްކަތް ކުރަން ޖެހިފައިވާ ބަޔަކަށް ވާތީ ޓީޗަރުންގެ ބިޒީ ޝެޑިއުލްއިން ދުރަށް ޖައްސާ މާހައުލު ބަދަލުކުރުމުގެ މަގުސަދުގައި ބާއްވާ މުބާރާތެއްކަމަށެވެ.

ހޮރައިޒަން ޓީޗަރސް ބެޑްމިންޓަން މުބާރާތުގައި ރޭ ފޯރިގަދަ ފަސް މެޗު ކުޅެފައިވާއިރު މުބާރާތް ހުޅުވުމުގެ ގޮތުން ކުޅުނު މެންސް ސިންގަލްސް މެޗް ސީދާ ދެ ސެޓުން މުހައްމަދު ރާޝިދު އާއި ވާދަކޮށް މުހައްމަދު އަންޝަދު ވަނީ ކާމިޔާބުކޮށްފައެވެ. ރޭ ކުޅުނު ވިމެންސް ސިންގަލް ފުރަތަމަ މެޗް އައިޝަތު ލީނާ އާއި އަޖްމީ ބައްދަލުކުރި މެޗް ފަސޭހަ ކަމާއި އެކު ކާމިޔާބް ކުރީ އަޖްމީއެވެ.

ރޭ ކުޅެން ހަމަޖެހިފައިވާ ފިރިހެން ޑަބަލްސް މެޗުތަކުގެ ތެރެއިން އަލީ ނާއިމް ހުސައިން އާއި އަބްދުލް ރައުފްގެ ޕެއާ ކުޅެން ހާޒިރުވެފައި ނުވުމުގެ ސަބަބުން އެ މެޗުން މޮޅުވެފައިވަނީ އަޖޯ އެމް ޖޭ އާއި މުޙައްމަދު އަންޝަދުގެ ޕެއާއެވެ. އަދި ރޭ ކުޅުނު ވިމެންސް ޑަބަލްސް ފުރަތަމަ މެޗުގައި ހަދީޖާ ފަރުހާނާ އާއި ހައްވާ ހަބީބް އާއި ވާދަކޮށް ސީދާ ދެ ސެޓުން ކާމިޔާބުކޮށްފައިވަނީ އާމިނަތު ގުލްފިޝާމް އާއި އަޖުމީގެ ޓީމްއެވެ.

ނޮކައުޓް އުސޫލުން ކުޅެން ހަމަޖެހިފައިވާ މިމުބާރާތުގެ ރޭގެ ފަހު މެޗުގައި ކުޅުނު މިކްސް ޑަބަލްގައި ވާދަކުރި އައިޝަތު ލީނާ އާއި އަލީ ނާއިމް އާއި ބައްދަލުކޮށް މެޗު ކާމިޔާބުކޮށްފައިވަނީ އަބްދުލް ރަޙްމާން އާއި އާމިނަތު ރައުފާގެ ޕެއާއެވެ.

އައްޑޫގައި ބެޑްމިންޓަން ފޯރިގަދަ ކުރުމަށް ހޮރައިޒަން އިން އިން ވަނީ ޓީޗަސް މުބާރާތުގެ އިތުރުން އިންޓަރ އޮފީސް މުބާރާތަކާއި،ހޮރައިޒަން އޮޕެންސް ޓޯނަމަންޓް އަކާއި ރޯދަ ހިއްވަރުގެ ނަމުގައި ހޮރައިޒަން ކޯޓުގައި، ތިން މުބާރާތެއް ބާއްވާފައެވެ.

1 ކޮމެންޓް
Maruhaba Rau n team
އޮކްޓޯބަރު 23, 2017
B B