English Edition
Dhivehi Edition

“އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ދެވަނަ ރެސިޕީއަކީ، ރޯދަވީއްލުމަށް ފަހު ކާން ވަރަށް މީރު ފޮނިއެއްޗެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “ރިކޯޓާ ލެމަން ކޭކް”ގެ ރެސިޕީ ތިއެންމެހާ ބޭފުޅުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި:

375ގ ޕޭން ކޭކް މިކްސް (ނުވަތަ ޕޭންކޭކް ބެޓާ އަމިއްލަޔަށް ތައްޔަރުކޮށްފައި)

\1/2 ކަޕް ލެމަން ކާޑް (ނުވަތަ ބޭނުން ފެލެވާ އެއް ، ޗޮކްލެޓް ގާނާގައި ވެސް ބޭނުން ކުރެވިދާނެ)

1/2 ޖޯޑު ރިކޯޓާ ޗީޒް

ތައްޔަރުކުރާނެގޮތް:

ޓްރޭއެއްނަގާފައި އޭގައި ބަޓަރ ހާކާލާފައި ޕޭންކޭކް މިކްސް އަޅާލާށެވެ. ދެން މައްޗަށް ( 2 ލައިނަކަށް ވާގޮތަށް) ލެމަން ކާޑް ނުވަތަ އަޅަން ބޭނުން ފެލެވާ އެއް އަޅާފައި އެޅި ލައިން އާ ޖެހިގެން އަނެއް ލައިންށް ވާގަޮތަށް ރިކޮޓާ ޗީޒް އަޅާފައި މާބްލް ޑިޒައިން ހުންނަ ހެން ޓޫތްޕިކެއް ބޭނުންކޮށްގެން ޑިޒައިން ކޮށްފައި އަވަނަށް ލާފައި 20 މިނެޓް ވަންދެން ފިހެލާށެވެ.