English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސުނިލް ޝެޓީގެ އަންހެން ދަރިފުޅު، ބަތަލާ އާތިޔާ ޝެޓީ އާއި އޭނާގެ ލޯބިވެރިޔާ ކޭއެލް ރާހޫލް ވަރަށް އަވަހަށް ކައިވެނި ކުރުމަށް ނިންމާފައިވާކަމަށް ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އިންޑިއާގެ މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ނޫހެއް ކަމުގައިވާ ޕިންކްވިލާއިން ބުނެފައިވަނީ މި ކައިވެނީގެ ތައްޔާރީތައް މިހާރުވެސް ދެ އާއިލާއިން ކުރަން ފަށާފައިވާކަމަށެވެ. މި ކައިވެންޏަކީ ސައުތް އިންޑިއަން ސަގާފީ ކައިވެންޏެއްކަމަށް މީޑިއާ ރިޕޯޓްތައް ބުނެފައިވާއިރު މިއީ މި އަހަރު ކުރެވޭނެ ކުލަގަދަ އެއް ކައިވެނިކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

މި ކައިވެންޏާއި ބެހޭ ގޮތުން އާތިޔާ ޝެޓީ އާއި އޭނާގެ ލޯބިވެރިޔާ އެއްވެސް ވާހަކައެއް އަދި މީޑިއާތަކުގައި ހިއްސާކޮށްފައި ނުވާއިރު، ދެމީހުންގެ ލޯބީގެ ގުޅުންވެސް އެމީހުން އިއުލާންކުރީ މިދިޔަ އަހަރުގެ ތެރޭގައެވެ.

އާތިޔާ ޝެޓީގެ ފިލްމީ މަސައްކަތްތައް ފެށިގެން ދިޔައީ 2015 ވަނަ އަހަރު ނެރުނު ފިލްމު ‘ހީރޯ’ އިންނެވެ.