English Edition
Dhivehi Edition

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، އައްޑޫސިޓީ ހިތަދޫއިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެއްކޮށް ހައްޔަރުކޮށްފައި ވަނީ އުމުރުން 20 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ހާމަކުރިގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ވިއްކާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މި އޮކްޓޯބަރ މަހުގެ 13 ވަނަ ދުވަހުގެ 22:25 ހާއިރު އައްޑޫ ސިޓީ މަރަދޫ ރެސްޓޯރެންޓެއްގެ ތެރެއިންނެވެ.

އަދި އޭނާ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސް ހަށިގަނޑު ބަލައިފާސްކުރިއިރު، އެނާ ލައިގެންހުރި ބޮކްސާގެ ރަބަރު ތެރެއަށްލާ ފޮރުވާފައިވަނިކޮށް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 18 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން ވަނީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށްފަހު، ތަޙުޤީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.