English Edition
Dhivehi Edition

އިންސާނުންނާ މިއަދު ކުރިމަތިވެފައިވާ އިޖުތިމާޢީ އަދި އިގްތިޞާދީ ބަލިމަޑުކަމުގެ ތެރޭގައި އިސްރާފުކުރުންވާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

“އިސްރާފު ކުރުމުގެ ނުބައިކަން” މި މަޢުޟޫއަށް ކުރިއަށްގެންދިޔަ ހުކުރު ޚުތުބާގައި ބުނީ ތަނަވަސްކަމުގެ ހަޔާތް ބައެއްގެ މައްޗަށް ވެރިވެގެންފިނަމަ، ފާސިގުކަމާއި ފަސައިދާގެ ދޮރުތައް ހުޅުވިގެން ހިނގައިދާނެ ކަމަށެވެ. އަދި އެއީ އެ ބައެއްގެ ނިމުން ކަމަށެވެ.

ޚުތުބާގައި ބުނީ ތަނަވަސްކަމާއި މުއްސަނދިކަން އިންސާނުންގެ ތެރެއިން ބަޔަކަށް ލިބިއްޖެނަމަ، އެމީހުންގެ ޚަރަދުތައް އިތުރުވެ، ހޭދަކުރުން ގިނަވެ، އަދި މުދާތައް ބޭކާރުގޮތުގައި ނަގާލަން ފަށާނެ ކަމަށެވެ.

“އިސްރާފު ކުރުމަކީ ކޮންމެ ކަމެއްގައިވެސް ހައްދުފަހަޅައަޅައިދިއުން. އެއީ ހަމައެކަނި ކެއިން ބުއިމާއި ޚަރަދުބަރަދާއި ގުޅިފައިވާ ކަމެއް ނޫން. އުރެދުންތެރިކަމަށް އަރައިގަތުން ގިނަކޮށް، ކުފުރުވުމާއި ހަމައަށް ހިނގައްޖެނަމަ އެއީ ވެސް އިސްރާފު ކުރުމެއް.” ޚުތުބާގައި ބުންޏެވެ.

ކާބޯތަކެތި ގަނެ ހެޔޮގޮތުގައި އެތަކެތީގެ ބޭނުން ނުކޮށް، އެތަކެތި ކުނީގެ ގޮތުގައި އުކާލުމަކީ ވެސް އިސްރާފެއްކަން ހުކުރު ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.